ފުވައްމުލައް ސިޓީން އިތުރު ތިން މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.
ފުވައްމުލައް ހޮސްޕިޓަލުން ބުނެފައިވާގޮތުގައި ކުރިން ފައްސިވި ޑުބާއީ ކްލަސްޓާއާއި ގުޅުންހުރި ފަރާތްތަކުގެ ސާމްޕަލް ނަގައި މިއަދު އެ ހޮސްޕިޓަލުގެ ލެބޯރެޓޮރީން ޓެސްޓް ކުރިއިރު އިތުރު ތިން މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައިކަމަށެވެ. އެހެންކަމުން ޑުބާއީ ކްލަސްޓާގެ އަދަދު ހަތަރަކަށް އަރާފައިވާކަމަށްވެސް ބުނެފައިވެއެވެ.
އިތުރަށް ބުނެފައިވާގޮތުގައި އާދީއްތަ ދުވަހު ކޮވިޑަށް ޓެސްޓް ކުރުމަށް ނެގި ރޭންޑަމް ސާމްޕަލްގެ ތެރެއިން ފައްސިވި ފަރާތަކީ ޑުބާއީން އައިސް ފުވައްމުލައް ސިޓީގައި ކަރަންޓީނުގައި ހުއްޓާ ކޮވިޑަށް ފައްސިވި ފަރާތާއި ކޮންޓެކްޓްވި ފަރާތެއްކަން މިހާރު ފާހަގަކުރެވިފައިވާކަމަށެވެ. އެހެންކަމުން ފުވައްމުލަކުގައި އުފެދުނު މި ކްލަސްޓާއަށް ދީފައިވާ ނަމަކީ ޑުބާއީ ކްލަސްޓާއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް