އެޗްއާރުސީއެމަށް ލީޒާ އައްޔަން ކުރުމާއި މެދު ޝަކުވާއެއް އޮތްނަމަ ހުށަހަޅަން ހުލުވާލައިފި

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް (އެޗްއާރުސީއެމް) އަށް އައްޔަން ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ނަމާއި މެދު ޝަކުވާއެއް އޮތް ނަމަ ހުށަހެޅުމު...

10 Feb 2021 | 11:56

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް (އެޗްއާރުސީއެމް) އަށް އައްޔަން ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ނަމާއި މެދު ޝަކުވާއެއް އޮތް ނަމަ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެޗްއާރުސީއެމަށް އައްޔަން ކުރަން ރައީސް ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވަނީ ށ. ކޮމަންޑޫ އޭރީޒް، އައިޝަތު ލީޒާގެ ނަމެވެ. ލީޒާ އެމަގާމަށް އައްޔަން ކުރަނީ އެ ކޮމިޝަނުގެ މެމްބަރެއްގެ ދައުރު ހަމަވެފައިވާތީ އެވެ.

ރައްޔިތުންގެ މަޖިލީހުން ކުރި އިއުލާނެއްގައި ބުނެފައިވަނީ ލީޒާއާ ގުޅޭ ގޮތުން އާންމުންގެ ޝަކުވާއެއް ވާނަމަ، މިމަހުގެ 17 ވަނަ ދުވަހުގެ ހެނދުނު 10:00ގެ ކުރިން އެކަން މަޖިލީހުގެ އިދާރާއަށް އެ ޝަކުވާއެއް ހުށަހެޅުމަށެވެ.

ޝަކުވާ ހުށަހަޅާނީ، ހުށަހަޅާ ފަރާތުގެ ފުރިހަމަ ނަމާއި ދާއިމީ އެޑްރެސް އަދި ގުޅޭނެ ނަންބަރު އެނގޭނެ ގޮތަށް ކޮމިޓީގެ އީމެއިލް އެޑްރެސް ([email protected]) އަށެވެ. އަދި މަޖިލިސް އިދާރާއަށް ލިޔުމުންވެސް ޝަކުވާ ހުށަހެޅޭ އެވެ.

ލީޒާ އެ މަގާމަށް އައްޔަން ކުރަން މަޖިލީހަށް ރައީސް ސޯލިހު ފޮނުއްވީ މިދިޔަ މަހުގެ20 ވަނަ ދުވަހު އެވެ. އެ މައްސަލަ މަޖިލީހުގެ ޖަލްސާގައި ކުރިޔަށް ގެންދިޔައީ އިއްޔެވެ އެވެ.

އިއްޔެގެ މަޖިލީހުގެ ޖަލްސާގައި ވަނީ ލީޒާގެ ނަން ދިރާސާ ކުރުމަށް މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީއަށް ފޮނުވާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް