ގއ. މާމެންދޫގައި އުމުރުން17 އަހަރުގެ އަހުމަދު އުދައްޔު މަރާލި މައްސަލައިގަ ހައްޔަރު ކުރި އެންމެންގެ ބަންދުގެ މުއްދަތު ޖަހައިފި އެވެ.
އުދައްުޔު މަރާލަން ހަމަލާދިން މާރާމާރީ ހިންގީ އިއްޔެ ރޭ 10:10 ހާއިރު އެވެ. އުދައްޔު މަރުވަވީ ލިބުނު ޒަހަމްތަކަށް ގއ. ވިލިނގިލީ އަތޮޅު ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށެވެ.
މި މައްސަލައިގަ ފުލުހުން މިހާތަނަށް ފަސް މީހަކު ހައްޔަރު ކޮށްފައިވެ އެވެ. އޭގެ ތެރެއިން ތިން މީހަކު އިއްޔެ ރޭ ހައްޔަރު ކުރި އިރު އަނެއް ދެމީހުން ހައްޔަރުކޮށްފައިވަނީ ރޭގެ ވަގުތެއްގައި އެވެ.
ފުލުހުން ބުނީ އޭގެ ތެރެއިން ހަތަރު މީހެއްގެ ބަންދަށް ކޯޓުން 15 ދުވަސް ޖަހައިދީފައިވާ ކަމަށެވެ. އަނެއް މީހާގެ ބަންދަށް ޖަހައިދީފައިވަނީ 10 ދުވަހެވެ.
ފުލުހުން ވަނީ އަދިއްޔުގެ ޕޯސްޓްމޮޓަމް ހަދަން ނިންމާފައިވާ ކަން ހާމަކޮށްފައި އެވެ. އުދައްޔުގެ ހަށިގަނޑު މިހާރު ވަނީ މާލެ ގެނެސްފައި އެވެ.
ފުލުހުން ބުނީ ރާއްޖެއިން ބޭރަށް އެ ކުއްޖާގެ ހަށިގަނޑު ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މި މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޔުނިޓުގެ ޓީމެއް މާލެއިން މާމެންދޫއަށް ވަނީ ގޮސްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް