މާދަމާރޭ 4 ގަޑިއިއަށް ހުޅުމާލެއިން ފެން ކެނޑޭނެކަމަށް އެމްޑަބްލިޔުއެސްސީ އިން ބުނެފިއެވެ.
އެ ކުންފުނިން ބުނެފައި ވަނީ، މާދަމާ ހުޅުމާލެ މެއިން ވޯޓަރ ޑިސްޓްރިބިއުޝަން ސިސްޓަމްގެ އަޕްގްރޭޑިންގްގެ މަސައްކަތެއް ކުރާނެ ކަމަށެވެ. އެހެންކަމުން މާދަމާރޭ 23:00 އިން ފެށިގެން 03:00 އަށް ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ސަރަހައްދުން ފެން ކެނޑޭނެ ކަމަށެވެ.
އެހެންކަމުން ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ސަރަހައްދުގައި އެމްޑަބްލިޔުއެސްސީ ގެ ފަރާތުން ދެމުން ގެންދާ ފެނުގެ ޚިދުމަތް އެ ގަޑީގައި މެދުކެނޑޭނެއެވެ.
މިކަމުގެ ސަބަބުން ކަސްޓަރަމުންނަށް ދިމާވެދާނެ ދަތިތަކަށް އެމްޑަބްލިޔުއެސްސީ އިން ވަނީ މަޢާފަށް އެދިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް