ބައެއް ފަހަރަށް ދިމާވާ ކަމެކެވެ. މީހަކު ފެނުމުން އެއީ ނުދަންނަ މީހަކަށް ވީ ނަމަވެސް އެއީ ދަންނަ ވައްތަރު މީހަކާ އެއްގޮތް ވާހަކަމުގެ އިހުސާސްކުރެވުމެވެ. ބައެއް މީހުން މިކަމަށް ޖޯކު ޖެހި ނަމަވެސް މިއީވެސް ހިކުމަތްތަކެއް ވާނެ ކަމެއްކަން ޔަޤީނެވެ.
ބައެއް މީހުންނަކީ ހަނދާނުގެ ބައި ޤުދުރަތުން ވަރަށް ފުރިހަމައަށް ލިބިފައިވާ ބައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ރީތި ކަންކަމާއި ރީތި އެއްޗިއްސަކީ މީހުންގެ ހަނދާނުގައި ގިނަ ދުވަހު ހަރުލާ ހުންނަ ކަންކަމެވެ. 2020 ވަނަ އަހަރުގައި ހަދާފައިވާ ދިރާސާ އަކުން ދައްކާ ގޮތުގައި މީހުން ޝަޢުޤުވެރިވާ އަދި ޝަޢުޤުވެރިކަން ކުޑަ މޫނުތައްވެސް ހަނދާނުގައި ބައެއް މީހުންގެ ވަރަށް ދުވަހު ހުންނަ ކަމަށެވެ.
ރޮބާޓް ޖީ ފްރޭކްލިން 2010 ވަނަ އަހަރުގައި " ވަޓް މޭކް އަ ފޭސް މެމޯރެބަލް" މި ނަމުގެ ދަށުން ހަދާފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި މީހުންގެ މޫނު ހަނދާން ހުންނަ އެންމެ ބޮޑު އެއް ސަބަބެއް ކަމުގައި ވަނީ މީހުންގެ މޫނުގެ ޝުޢޫރުތަކެވެ.
2017 ވަނަ އަހަރުގައި ޑަޔާނާ އެސް ކޯޓްސް 600 މީހުން ބައިވެރިކޮށްގެން ހަދާފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި މީހުންގެ މޫނު ހަނދާނުގައި ހުރުމަށް ޖިންސަކީ ވަރަށް މުހިންމު އެއްޗެއް ކަމަށެވެ. މީގެ އިތުރުންވެސް މީހާގެ އިމޯޝަންތައްވެސް މީގައި ވަރަށް މުހިންމު ރޯލެއް އަދާކުރެއެވެ. އެގޮތުން ހިނިތުންވުމާއި, ރުއިމާއި, ދެރަވުމާއި އަދި ރުޅި އަކީ މީގައި މުހިންމެ ރޯލެއް އަދާކުރާ އެއްޗެއް ކަމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް