އިސްލާމިކް މިނިސްޓްރީން ބަރަހަނާ ސައިޓުތަކަށް ވަދޭ: މެމްބަރު ބޮންޑާ

އިސްލާމިކް މިނިސްޓްރީން ބަރަހަނާ ސައިޓުތަކަށް ވަންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެެދު ދާއިރާގެ މެމްބަރުން އިބްރާހިމް ރަޝީދު( ބޮންޑާ) ވިދާޅުވެއްޖެ އެވެ. ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ...

10 Feb 2021 | 06:41

އިސްލާމިކް މިނިސްޓްރީން ބަރަހަނާ ސައިޓުތަކަށް ވަންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެެދު ދާއިރާގެ މެމްބަރުން އިބްރާހިމް ރަޝީދު( ބޮންޑާ) ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިއަދު ވާހަކަ ދައްކަވަމުން ބޮންޑާ ވިދާޅުވީ އިސްލާމިކް މިނިސްޓްރީގެ ސާވާއިން ދުނިޔޭގެ މަޝްހޫރު ބަހަރަނާ ސައިޓުތަކަށް ވަންނަކަން އެނގޭ ކަމަށެވެ. އަދި އެއީ ހަމައެކަނި އެ މިނިސްޓްރީގައި އެކަނި ކުރާ ކަމެއް ނޫން ކަމަށާއި ދައުލަތުގެ ހުރިހާ އިދާރާތަކެއްގެ ހާލަކީ މިއީ ކަމަށް ބޮންޑާ ވިދާޅުވި އެވެ.

އެ މިިނިސްޓްރން ބަރަހަނާ ސައިޓުތަކަށް ވަދެ ތަފާތު ވީޑިއޯތައް ބަލައި އެހެނިހެން ސައިޓުތަކަށް ވަދެ އަންހެނުންނަށް ޖިންސީ ފުރައްސާރަ ކުރާ ކަމަށް ބޮންޑާ ވިދާޅުވި އެވެ. ބޮންޑާގެ ވާހަކައިގަ ތަކުރާރުކޮށް އެ މިނިސްޓްރީން ބަރަހަނާ ސައިޓުތަކަށް ވަންނަ ކަމަށް ވިދާޅުވުމުން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވަނީ ނިޒާމީ ނުކުތާ ނަންގަވައި އެ ވިދާޅުވާ އެއްޗެއް ސާފުކޮށް ދިނުމަށް އެދިވަޑައިގެންފަ އެވެ.

ޝިޔާމް ވިދާޅުވީ މެމްބަރު ބޮންޑާއަށް އެ ވިދާޅުވެވެނީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރުވެސް އެފަދަ ސައިޓުތަކަށް ވަންނަވާ ވާހަކަ ކަމަށްވާތީ އެ ވިދާޅުވާ އެއްޗެއް ތަފްސީލް ކޮށްދޭން ޖެހޭ ކަމަށެވެ. އަދި އެ ކުރެވެނީ ވަރަށް ބޮޑު ތުހުމަތެއް ކަމަށް ވިދާޅުވި އެވެ.

އޭގެ ޖަވާބުގައި ބޮންޑާ ވިދާޅުވީ އެފަދަ ސައިޓުތަކަށް ވަންނަނީ ވަކިވަކި މީހެއް ކަމަށް ނުބުނި ނަމަވެސް އެ މިނިސްޓްރީގެ ސާވާއިން ބަރަހަނާ ސައިޓުތަކަށް ވަންނަ ވާހަކަ އެ މިނިސްޓްރީގެ އެއްވެސް ބޭފުޅަކަށް ދޮގު ނުކުރެވޭނެ ކަމަށެވެ.

ބޮންޑާ މިމޭރުމުން ވާހަކަ ދެއްކެވީ މާލޭގައި ޒުވާނުންނަށް ފަސޭހަކަމާއެކު މިޔުޒިކް އަޑުއަހާލައި، އެކުވެރިންނާ ބައްދަލުކޮށްލައި، ހާސްކަމުން ބޭރުގައި އުފާވެރި މާހައުލެއްގައި ހީ ސަމާސާކޮށް މަޖާކޮށްލައި، އެއްވެ ތިބެވޭނޭ ފަދަ މަރުކަޒެއް ގާއިމުކޮށްދިނުމަށް ސަރުކާރަށް ގޮވާލައި ހުށަހަޅާފައިވާ ގަރާރަށް ބަހުސް ކުރައްވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް