ގއ. މާމެންދޫގައި ހިންގި މާރާމާރީގައި ކކުޑަކުއްޖަކު މަރާލި މައްސަލައިގަ ހައްޔަރު ކުރި މީހުންގެ އަދަދު ފަހަކަށް އަރައިފި އެވެ.
އިއްޔެރޭ ހިންގި މާރާމާރީގައި މަރާލާފައިވަނީ އެ ރަށު ލިލީ އޮފްފަ ވިލާ، އުމުރުން 17 އަހަރުގެ އަހުމަދު އުދައްޔު އެވެ. އެ ކުއްޖާ މަރުވެފައިވަނީ ލިބުނު ޒަހަމް ތަކަށް ގއ. ވިލިނގިލީ އަތޮޅު ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށެވެ.
ފުލުހުން ބުނީ އެ މައްސަލައިގަ އިތުރު ދެ މީހަކު ހައްޔަރުކޮށް އޭގެ ކުރިން ހައްޔަރު ކުރި ތިން މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފައވާ ކަމަށެވެ. އެގޮތުން ދެ މީހެއްގެ ބަންދަށް ކޯޓުން 15 ދުވަސް ޖަހައިދީފައިވާއިރު އަނެކަކުގެ ބަންދަށް 10 ދުވަސް ޖަހައިދީފައިވާ ކަމަށެވެ.
މި މައްސަލައިގަ ފުރަތަމަ ހައްޔަރު ކޮށްފައިވަނީ 18 އަހަރާއި 23 އަހަރާއި 27 އަހަރުގެ ދިވެހި ތިން ފިރިހެނުންނެވެ. އެ ތިން މީހުން ހައްޔަރު ކުރީ އަދިއްޔު މަރާލި ރޭ އެވެ.
ފުލުހުން ވަނީ އަދިއްޔުގެ ޕޯސްޓްމޮޓަމް ހަދަން ނިންމާފައިވާ ކަން ހާމަކޮށްފައި އެވެ. އުދައްޔުގެ ހަށިގަނޑު މިހާރު ވަނީ މާލެ ގެނެސްފައި އެވެ.
ފުލުހުން ބުނީ ރާއްޖެއިން ބޭރަށް އެ ކުއްޖާގެ ހަށިގަނޑު ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މި މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޔުނިޓުގެ ޓީމެއް މާލެއިން މާމެންދޫއަށް ވަނީ ގޮސްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް