އުނގޫފާރު އޭބީސީ ފަށަލައެޅުމާއި ސަބްގްރޭޑް ކުރުން އަދި ތާރުއެޅުން ވެސް 16،488 އަކަ މީޓަރުގެ ސަރަހައްދެއްގައި

ރ. އުނގޫފާރު މަގުހެދުމުގެ މަޝްރޫޢުގެ މަސައްކަތުގެ %60 ނިމިއްޖެ ކަމަށް އެމްޓީސީސީން ބުނެފިއެވެ. މި މަޝްރޫޢުގެ ދަށުން، ޕްލާންޓް ބެހެއްޓުމުގެ މަސައްކަތުގެ %45 ވެސް ނިމިފައި ވާ ކަމަށް އެމްޓީސީސީން ބުނެއެވ...

10 Feb 2021 | 06:23

ރ. އުނގޫފާރު މަގުހެދުމުގެ މަޝްރޫޢުގެ މަސައްކަތުގެ %60 ނިމިއްޖެ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

މި މަޝްރޫޢުގެ ދަށުން، ޕްލާންޓް ބެހެއްޓުމުގެ މަސައްކަތުގެ %45 ވެސް ނިމިފައި ވާ ކަމަށް އެމްޓީސީސީން ބުނެއެވެ.

އުނގޫފާރު މަގުހެދުމުގެ މަޝްރޫޢުގެ މަސައްކަތުގެ ދަށުން، އޭބީސީ ފަށަލަ އެޅުމަށް ހަމަޖެހިފައި ވަނީ  16،488 އަކަ މީޓަރުގެ ސަރަޙައްދެއްގައެވެ. އެގޮތުން އޭބީސީ ފަށަލަ އެޅުމުގެ މަސައްކަތް  ފަށާފައި ވަނީ 2020 ޑިސެމްބަރ 22 ވަނަ ދުވަހުއެވެ.

މި މަޝްރޫޢުގެ ދަށުން، 16،488 އަކަ މީޓަރުގެ ސަރަޙައްދެއްގައި ތާރުއެޅުމަށް ވަނީ ހަމަޖެހިފައެވެ.

އެމްޓީސީސީން މައުލޫމާތު ދޭ ގޮތުގައި އުނގޫފާރުގައި 16،488 އަކަ މީޓަރުގެ ސަރަޙައްދެއްގައި ސަބްގްރޭޑް މަސައްކަތް ކުރާނެއެވެ. އެގޮތުން ސަބްގްރޭޑް މަސައްކަތުގެ %46 މިހާރު ވަނީ ނިމިފައެވެ. އަދި ފެންހިންދާ ނިޒާމެއް ޤާއިމުކުރުމުގެ  މަސައްކަތް ވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނޭކަމަށް އެމްޓީސީސީން ފާހަގަކޮށްފައި ވެއެވެ.

ޕްލޭނިން މިނިސްޓްރީން މިމަޝްރޫޢު އެމްޓީސީސީ އާ ހަވާލުކޮށްފައި ވަނީ 19.3 މިލިއަން ރުފިޔާ އަށެވެ.

މަޝްރޫ ހަވާލު ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 2019 ވަނަ އަހަރުގެ މެއި 22 ވަނަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް