އައްޑޫ ސިޓީން ފައްސިވި ބިދޭސީއެއްގެ ހާލު ބޮޑުވެއްޖެ

އައްޑޫ ސިޓީގެ ހުޅުމީދޫ އިން ފައްސިވި ބިދޭސީންގެ ތެރެއިން އެކަކު ހާލު ބޮޑުވެ ހިތަދޫ އަށް ގެންދިއުމުގެ މަސައްކަތް ފަށައިފިއެވެ. އެއީ ހުޅުމީދޫގައި ހުންނަ އެމްޓީސީސީ ސައިޓުން ކޮވިޑް-19 އަށް ފައްސިވި މީހެއ...

10 Feb 2021 | 06:13

އައްޑޫ ސިޓީގެ ހުޅުމީދޫ އިން ފައްސިވި ބިދޭސީންގެ ތެރެއިން އެކަކު ހާލު ބޮޑުވެ ހިތަދޫ އަށް ގެންދިއުމުގެ މަސައްކަތް ފަށައިފިއެވެ.

އެއީ ހުޅުމީދޫގައި ހުންނަ އެމްޓީސީސީ ސައިޓުން ކޮވިޑް-19 އަށް ފައްސިވި މީހެއްކެވެ. މި މީހާ ހިތަދޫ އަށް ގެންދިޔައީ ހާލު ސީރިއަސްވުމާ ގުޅިގެން އިތުރު ފަރުވާ އަށެވެ.

އައްޑޫ ސިޓީގައި ކޮވިޑަށް ފައްސިވާ މީހުންގެ ތެރެއިން ސީރިއަސްވާ މީހުންނަށް ހިތަދޫ ކުރީގެ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ހަމަޖައްސާ، އެތަން ވަނީ ކޮވިޑު ފެސިލިޓީއެއްގެ ގޮތުގައި ތަރައްގީކޮށްފައެވެ.

ހުޅުމީދޫ އިހަލުން މިހާތަނަށް ކޮވިޑް-19 އަށް 25 މީހަކު ވަނީ ފައްސިވެފައެވެ. ހުޅުމީދޫގައި ހުންނަ އެމްޓީސީސީގެ ސައިޓަކުން ބިދޭސީންތަކެއް ކޮވިޑް-19 ފައްސިވުމާ ގުޅިގެން އެ ރަށުގައި ނެގި ވަކި ތަރުތީބެއް ނެގި 100 ސުންކުގެ ނަތީޖާ ވަނީ ނައްސިވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް