ޝައިޠާނާގެ މަސައްކަތްތަކާ އަޅުގަނޑުމެން ހަވާލުވާންވީ ކީއްކުރަންތޯ އަހުމަދު ސަލީމް ސުވާލު އުފައްދަވައިފިއެވެ. ސަލީމް ވިދާޅުވީ، ޝައިޠާނާގެ މަސައްކަތް ޝައިޠާނާއަށް ދޫކޮށްލަންވީ ކަމަށެވެ. އަދި އެ މަސައްކަތާ މަޖިލީހުން ހަވާލުވުމުން، މަޖިލީހުން ކުރަން ހުންނަ ކަންތައް މާ ގިނަ ވާނީ ކަމަށް ސަލީމް ވިދާޅުވިއެވެ.
ޝައިޠާނާ އަބަދުވެސް ދޭނީ ލަނޑުލަން ފާހަގަކޮށް، ބަދުރު ހަނގުރާމައިގައި ޝައިޠާނާގެ އަމަލުތައް ހުރި ހާދިސާ، ރެޑްވޭވް ސަލީމް ހިއްސާކުރިއެވެ.
"ކަމެއް އެމީހާ ލައްވާ ކުރުވާާފަ، އަބަދުވެސް ތިމަންނަ ހަވާލު ނުވާނަމޭ ކިޔާފަ ފިލުން އޮންނާނީ" ސަލީމް ބުނެފައިވެއެވެ.
އެހެންކަމުން ޝައިޠާނާގެ އަމަލުތަކުގެ ތެރެއަށް ގޮސް، އެ ސަކަރާތުގެ ތެރެއަށް ވަންނާނެ ކަމަށް ސަލީމް ވިދާޅުވިއެވެ.
މީގެ އިތުރުން ސަލީމް ފާހަގަ ކުރެއްވީ، މިގައުމުގެ ޒުވާނުން ވަރަށް 'އެހެން ކަހަލަ ގޮތަކަށް' ތިބިކަމަށެވެ. އެހެންކަމުން ރަނގަޅު ނިޒާމެއްގެ ތެރެއިން ޒުވާނުން މުޖުތަމައަށް ނެރެން ސަލީމް ގޮވާލިއެވެ. އެހެން ނޫންނަމަ މުސްތަގުބަލުގައިވެސް ޒުވާނުން ހަލާކުވެގެން ދާނެކަމަށް ސަލީމް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް