ލ. ފޮނަދޫގައި މިހާރު ފެށިގެން ކުރިޔައްދާ ޔުނިކްސް ސްޕޯޓިންގް ވިމެންސް ހޭންޑްބޯލް ޗެލެންޖްގެ ކުއާޓާ ފައިނަލް މެޗުތައް ނިމި ސެމީ ފައިނަލް އަށް ދަތުރުކުރި ޓީމުތައް ކަށަވަރުވެއްޖެއެވެ.
ކުއާޓާ ފައިނަލްގެ މެޗުތައް އިއްޔެއާއި ރޭ ކުޅެނިމިފައިވާއިރު، މުބާރާތުގެ ސެމީ ފައިނަލްގެ ޖާގަތަށް ކަށަވަރު ކޮށްފައިވަނީ ތުނޑީ ރިވޮލިއުޝަން ޔޫތް، ގޯޅި ސްޕޯޓްސް ކުލަބް، ކާމް އެމްބީޑީ އަދި ކުރިގަމް ކަނބަލުންނެވެ.
ތުނޑީ ރިވޮލިއުޝަން ޔޫތް އިން މުބާރާތުގެ ސެމީއިން ޖާގަ ހޯދީ އިއްޔެ ހަވީރު ލާމު ޔޫތް މޫވްމަންޓް އާއި ދެކޮޅަށް ކުޅުނު ކުއާޓާ ފައިނަލް މެޗު 7-8 ގެ ނަތިޖާއިން ކާމިޔާބު ކޮށްގެންނެވެ. އަދި ގޯޅި ސްޕޯޓްސް ކުލަބު ސެމީފައިނަލުން ޖާގަ ހޯދީ ރޭ ކުއާޓާ ފައިނަލްގައި ޑަބްލިޔުޑީސީ މާމެންދޫ އާއި ވާދަކޮށް 2-13 ގެ ނަތީޖާއިން މެޗު ކާމިޔާބު ކޮށްގެންނެވެ.
ކާމް އެމްބީޑީ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދީ އެލްވައިޑީ ހޭންޑްބޯލް އެކަޑަމީއާއި ދެކޮޅަށް ކުޅުނު ކުއާޓާފައިނަލް މެޗު 6-13 ގެ ނަތީޖާއިން ކާމިޔާބު ކޮށްގެންނެވެ.
އަދި ކުރިގަމް ކަނބަލުން މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދީ ރޭ ކުއާޓާ ފައިނަލްގައި އައިލެންޑް ޔޫތް ޔުނައިޓެޑް އާއި ވާދަކޮށް 5-6 ގެ ނަތީޖާއިން މޮޅުވެގެންނެވެ.
މި މުބާރާތުގެ ސެމީފައިނަލްގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާރޭ އެވެ. އެގޮތުން ސެމީ ފައިނަލްގެ ފުރަތަމަ މެޗު އެރޭ 8:30 ގައި ކުޅެން ހަމަޖެހިފައިވާއިރު، އެމެޗުގައި ބައްދަލުކުރާނީ ތުނޑީ ރިވޮލިޝަން ޔޫތް އާއި ކާމް އެމްބީޑީއެވެ. އަދި ސެމީ ފައިނަލްގެ ދެވަނަ މެޗު އެރޭ 9:30 ގައި ކުޅެން ހަމަޖެހިފައިވާއިރު، އެ މެޗުގައި ބައްދަލުކުރާނީ ގޯޅި ސްޕޯޓްސް ކުލަބާއި ކުރިގަމް ކަނބަލުންގެ ޓީމެވެ.
މި ހުރިހާ މެޗެއްވެސް ޔޫތް އެކަޑަމީގެ ފޭސްބުކް ޕޭޖުން ލައިވް ކުރާގޮތައް ވަނީ ހަމަޖެހިފައެވެ.
މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 8000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގެ ރަނަރަޕް ޓީމަށް 4000 ރުފިޔާގެ ފައިސާގެ އިނާމެއް ދިމުމައްވެސް ވަނީ ހަމަޖައްސާފައެވެ.
މި މުބާރާތުގެ އޮފިޝަލް މީޑިއާ ޕާރޓްނަރ އަކީ ދުވަސް އޮންލައިންވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް