2022 ވަނަ އަހަރު ޗައިނާގައި ބާއްވަން ހަމަ ޖެހިފައިވާ ފިނި މޫސުމުގެ އޮލިމްޕިކް ކުޅިވަރުތައް ބޯއިކޮޓް ކުރަން ގާނޫނު ހަދާ ފަރާތްތަކާއި އިންސާނީ ހައްގު ތަކަށް މަސައްކަތް ކުރާ ފަރާތްތަކުން ގޮވާލަމުން އެބަ ގެންދެއެވެ.
މި ފަރާތްކުން މިހެން ގޮވާލަމުން ގެންދަނީ ޗައިނާއިން އުއިގުރް މުސްލިމުންނާއި ދޭތެރޭ އަމަލު ކުރަމުން ގެންދާ ލާއިންސާނީ ގޮތުންނާއި ހޮން ކޮންގެ ޑިމޮކްރަސީއަށް މަސައްކަތް ކުރާ މީހުން ނާއި ދެކޮޅަށް އަޅަމުން ގެންދާ ފިޔަވަޅު ތަކުގެ ސަބަބުންނެވެ.
ދުނިޔޭގެ އެންމެ ބޮޑު ބާރު ކަމުގައިވާ އެމެރިކާއިން އޮލިމްޕިކާއި މެދު ގޮތެއް އަދި ނިންމާފައި ނުވި ނަމަވެސް، އެގައުމުގެ މެދު ފަންތީގެ ޑިޕްލޮމެޓުން ވަނީ ފިނި މޫސުމުގެ ކުޅިވަރުތަކާއި މެދު އަމަލުކުރާނެ ގޮތެއް ނިންމުމަށް ހުޅަނގުގެ ގައުމުތަކާއި އެކު މާޝްވަރާތައް ފަށާފައެވެ. މި މަޝަވަރާތައް ފަށާފައި މިވަނީ ޗައިނާއިން އުއިގުރް މުސްލިމުންނާއި މެދު އަމަލުކުރަމުން ދާ ގޮތަކީ އިންސާނިއްޔަތަށް އަރައިގަތުން ކަމުގައި ރަސްމީކޮށް ކަނޑަ އެޅުމަށް ފަހުގައެވެ.
އެމެރިކާގެ ސްޓޭޓް ސެކްރެޓަރީ އެންތޮނީ ބްލިންކެން ވަނީ ޗައިނާގެ ސެންޓްރަލް ފޮރިން އެފެއާޒް ކޮމިޝަން ގެ ޑައިރެކްޓަރ ޔެން ޖިއެޗި އަށް ފޯނުން ގުޅުއްވައި އުއިގްރ މުސްލިމުން ދިރި އުޅެމުން ދާ ޒިންޖިއާން، ޓިބެޓް އަދި ހޮން ކޮންގެ އިންސާނީ ހައްގުތަކާއި ޑިމޮކްރަސީއާއި އެއްކޮޅަށް އެމެރިކާއިން ތެދުވާނެ ކަމަށާއި، އަދި ބައިނަލްގްވާމީ މިންގަނޑުތަކާއި ހިލާފުވެފައިވާތީ އެކަމަށް ޗައިނާ ޖަވާބު ދާރީ ކުރުވާނެ ކަމަށްވެސް ބުނެފައެވެ.
އުއިގުރް މުސްލުންނާއި މެދު ލާއިންސާނީ އަމަލުތައް ހިންގުމާއި، އަދި ހޮން ކޮންގެ މައްސަލާގައި ޗައިނާ ވަނީ ބައިނަލްގްވާމީ މަޝްރަހުގައި ހޫނު ފެނަށް ވެއްޓިފައެވެ. ނަމަވެސް ޗައިނާއިން އުއިގުރް މުސްލުމުންނާއި މެދު އެއްވެސް ލާއިންސާނީ އަމަލެއް ހިންގާ ކަމަކަށް އެއްބަހެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް