ޓޫރިޒަމް މިނިސްޓަރގެ މަގާމުން ވަކި ކޮށްފައިވާ އަލީ ވަހީދު ރާއްޖެ ދޫކޮށް ފުރައިފި އެވެ. އޭނާ ރާއްޖެ ދޫކޮށް ފުރާފައި ވަނީ ޓާކިޝް އެއާލައިން ގައި ރޭގެ ވަގުތެއްގައެވެ. އަލީ ވަހީދު ގޮސްފައިވަނީ ލަންޑަނަށެވެ.
އަލީ ވަހީދު މިިނިސްޓަރުކަމުން ވަކިކުރީ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަ އާއި ޖިންސީ ގޯނާ ވެސް ކުރި މައްސަލައެއްގައެވެ.
އިއްޔެ އޮތް އަލީ ވަހީދުގެ ޝަރީއަތުގެ ސިއްރު އަޑުއެހުމުގައި އޭނާގެ ޕާސްޕޯޓް ހިފަހައްޓަން ކުރި އަމުރު ބާތިލް ކޮށްފައިވެއެވެ. އެ އަމުރު ބާތިލްކޮށް ވަނީ ޝަރީއަތުގެ މަޖިލީހަށް އަލީ ވަހީދުގެ ޑޮކަޓަރަކު ހާޒިރުކޮށް، އެ ޑޮކްޓަރު އަލީ ވަހީދުގެ މައިބަދައިގެ ޑިސްކްތަކެއް ގުޑާފައިވާކަމަށް ބުނުމާއި ގުޅިގެންނެވެ.
އަލީ ވަހީދުގެ މައްޗަށް ކުރާ 7 ދައުވާގެ ޝަރީތުގެ އަޑުއެހުމުގައި ދައުލަތުން ވަނީ ދައުވާ އިއްވައި ހެކި ހުށަހަޅާފައެވެ. އަދި އަލީ ވަހީދު އެ ދައުވާތަކަށް ވަނީ އިންކާރުވެސް ކޮށްފައިވެއެވެ.
އަލީ ވަހީދު މިނިސްޓަރު ކަމުގައި ހުރި އިރު، ޓޫރިޒަމް މިނިސްޓްރީގެ ބައެއް އަންހެން މުވައްޒަފުންނަށް ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް އެ މުވައްޒަފުން ބުނުމުންނެވެ. އެގޮތުން އެ މުވައްޒަފުން ވަނީ އަލީ ވަހީދުގެ ޝަކުވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހަޅާފައެވެ.
މި ޝަކުވާތައް ރައީސް ސޯލިހަށް ހުށަހެޅުމާއެކު، އެމަނިކުފާނު ވަނީ ޓޫރިޒަމް މިނިސްޓަރު ކަމުގެ މަގާމުން އަލީ ވަހީދު އިސްތިއުފާ ދިނުމަށް އަންގަވާފައެވެ. ނަމަވެސް ރައީސް ސޯލިހްގެ އެންގެވުމަށް އިޖާބަ ދެއްވާފައި ނުވާތީ، ރައީސް ސޯލިހް ވަނީ އޭނާ މަގާމުން ވަކިކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް