މަޖިލިސް އިދާރާގައި ވެކްސިން ދޭން ފަށައިފި

ރައްޔިތުންގެ މަޖިލީހުގައިވެސް ވެކްސިން ދިނުމުގެ އިންތިޒާމު ހަމަޖައްސައި ވެކްސިން ދޭން ފަށައިފިއެވެ. މަޖިލީހުގެ އިދާރާއިން ބުނެފައިވާގޮތުގައި އެ އިދާރާއާއި އެޗްޕީއޭ އަދި އޭޑީކޭ ހޮސްޕިޓަލް ގުޅިގެން އާން...

10 Feb 2021 | 04:13

ރައްޔިތުންގެ މަޖިލީހުގައިވެސް ވެކްސިން ދިނުމުގެ އިންތިޒާމު ހަމަޖައްސައި ވެކްސިން ދޭން ފަށައިފިއެވެ.

މަޖިލީހުގެ އިދާރާއިން ބުނެފައިވާގޮތުގައި އެ އިދާރާއާއި އެޗްޕީއޭ އަދި އޭޑީކޭ ހޮސްޕިޓަލް ގުޅިގެން އާންމުންނަށް ކޮވިޑް ވެކްސިން ޖެހުމުގެ އިންތިޒާމް މަޖިލީހުގެ އިދާރާގައި ހަމަޖައްސައި ވެކްސިން ޖަހަން ވަނީ ފަށާފައެވެ. ވެކްސިން ޖެހުން ކުރިއަށްދާނީ ހުކުރު ދުވަސްފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ހަވީރު 6:00 އަށް ކަމުގައި އެ އިދާރާއިން ވަނީ ބުނެފައެވެ.

މަޖިލީހުގެ ރައީސް މިއަދު ވިދާޅުވީ އެ އިދާރާގައި ވެކްސިން ދެމުން އަންނަނީ އެކި ކަހަލަ ބަލިތައް ހުންނަ މީހުންނަށް ކަމަށާއި ވެކްސިން ދެމުންދާނީ އެޗްޕީއޭއިން އެކުލަވާލާފައިވާ ލިސްޓުގައިވާ މީހުންނަށް ކަމަށެވެ. އަދި މަޖިލިސް މެންބަރުންނަށްވެސް ވަރަށް އަވަހަށް ވެކްސިން ޖެހޭނެކަމަށް އުންމީދުކުރައްވާކަމަށާއި މެންބަރެއްގެވެސް އެއްވެސް ބައްޔެއް ހުރިނަމަ އަމީނ އާންމަށް އެންގެވުމަށްވެސް މަޖިލީސް ރައީސް އެދިލެއްވިއެވެ.

ރައްޔިތުންގެ މަޖިލިސް މެންބަރުންނަށް މިއަދު ވެކްސިން ދިނުމަށް ހަމަޖެހިފައިވާއިރު ރާއްޖޭގައި އިއްޔެއާއި ހަމައަށް 16 ހާހަށްވުރެ ގިނަ މީހުންނަށް ވެކްސިން މިހާރު ވަނީ ދީފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް