ބޮލީވުޑްގެ ސުޕާ ސްޓާ ރިތިކް ރޯޝަން ހޮލީވުޑަށް ދާން އުޅޭ ވާހަކަ ދެކެވޭތާ އަހަރެއްހާ ދުވަސް ވެއްޖެ އެވެ.
ރިތިކް އެމެރިކާގެ މަޝްހޫރު ސްޓޫޑިއޯ އަކާއި ގުޅިގެން ރަނގަޅު ފިލްމެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިދިޔަ އަހަރު މީޑިއާގައި ރިޕޯޓުކޮށްފައިވެ އެވެ. މިފަހުން އަޑު އިވުނީ އޭނާއަށް ކަމުދާ ރަނގަޅު ފިލްމެއް ހޮލީވުޑުން ލިބުނު ވާހަކަ އެވެ.
ރިތިކަށް ކުޅެން ލިބުނީ ފިލްމު "ޕިންްކް ޕެންތާ" ގެ ސީކުއެލްއެކެވެ. އެ ފިލްމުގައި އޭނާ ކުޅެން ހަމަޖެހިފައި އޮތީ އޭގެ ފުރަތަމަ ފިލްމުން ފެނުނު އެންޑީ ގާސިއާގެ ރޯލެވެ.
ރިތިކް އަކީ އެ ރޯލުން ފެނިގެން ދިޔަ ސްޓީވް މާޓިންގެ ވަރަށް ބޮޑު ސަޕޯޓަރެކެވެ. އެހެންވެ މި ފިލްމު އޭނާ ކުޅޭނެ ކަމުގެ ޔަގީންކަން ޕްރޮޑަކްޝަން ޓީމާއި ފިލްމުގެ ރީލް އެކްޓްރެސް އައިޝްވާރްޔާ ރާއީ ބައްޗަންވެސް ގަބޫލު ކުރި އެވެ.
އެކަމަކު ރިޕޯޓުތައް ބުނާގޮތުގައި ރިތިކަށް ލިބުނު ރޯލާއި މެދު އޭނާ ހިތްހަމަ ނުޖެހިގެން ފިލްމު ވަނީ ދޫކޮށްލާފައި އެވެ. އެކަން ރިތިކްގެ ބައްޕަވެސް މީޑިއާގައި ކަށަވަރުކޮށްދީފައިވެ އެވެ. ރިތިކް ވަނީ ހޮލީވުޑަށް ނުކުންނަށް ބޭނުންވަނީ ވަރަށްވަރުގަދަ ކެރެކްޓާއަކުން ކަމަށް ބުނެފައި އެވެ.
ރިތިކްގެ މި ނިންމުމާއި މެދު އައިޝްވާރްޔާ ހިތްހަމަ ނުޖެހުނީ އަދި އެހެން ސަބަބަކާއި ހެދިއެވެ. އޭނާ މި ފިލްމަށް ސޮއި ކުރި ކަމަށް ވަނީ ހޮލީވުޑަށް ރިތިކް ނުކުންނަ ފިލްމަށްވެ މި ފިލްމަކީ ރަނގަޅު ފިލްމެއް ކަމަށް ގަބޫލު ކުރެވޭތީ ކަމަށްވެ އެވެ. މި ފިލްމަށް ރިތިކް ސޮއި ނުކުރުމުން އޭނާއަށް ލިބުނީ ލަނޑެއްގެ ގޮތުގައި ސިފަ ކުރާ ކަމަށް އައިޝްވާރްޔާގެ އެންމެ ގާތް މީހުން މީޑިއާގައި ބުނެފައިވެ އެވެ.
ރިތިކްގެ ބޮލީވުޑް މަސައްކަތްތަކަށް ބަލާއިރު އަންނަ އަހަރު އޭނާގެ ދެ ފިލްމެއް ރިލީޒް ކުރާނެ ކަމަށް ބެލެވެ އެވެ. އެއީ ރިތިކް އަބަދުވެސް ކުޅެމުން އަންނަ "ކްރިޝް" ގެ އާ ފިލްމަކާއި "ފައިހާ" ކިޔާ ފިލްމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް