ބިޔާދޫ އައިލެންޑް ރިސޯޓުން ކޯވިޑް-19 އަށް ޕޮސިޓިވްވި މީހުންގެ އަދަދު53 އަށް އަރައިފި އެވެ.
ބިޔާދޫ އައިލެންޑް ރިސޯޓުން ފުރަތަމަ ޕޮސިޓިވްވެފައިވާކަން އެނގުނީ ބަލީގެ އަލާމާތްތަކާއި އެކު މާލެ އައިސް ފްލޫ ކްލިނިކަށް ދެއްކި އެ ރިިސޯޓުގެ މުވައްޒަފަކަށް ބަލި ޖެހިފައި ހުރިކަން އެނގުމުންނެވެ.
އެ ކަލަސްޓާއި އާއި ގުޅޭގޮތުން އެޗްއީއޯސީން ބުނީ މިހާތަނަށް އެ ރަށުން ޕޮސިޓިވްވި 53 މީހުންނަކީ މުވައްޒަފުން ކަމަށެވެ. އޭގެ ތެރެއިން އެންމެ ފަހުން ތިން މީހަކު ޕޮސިޓިވްވެފައިވަނީ އިއްޔެ އެވެ.
މި ފަހަކަށް އައިސް ރިސޯޓުތަކުން ބަލި ޖެހޭ މީހުން އިތުރުވާތީ އެކަމަށް ސަމާލުވާން އެޗްއީއޯސީން ވަނީ އެދިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް