ގއ. ދެއްވަދޫގައި ކޯވިޑް-19 ފެތުރޭތޯ ދުވަސްކޮޅެއް ވެދާނެ ކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.
ދެއްވަދޫގައި ކޯވިޑް-19 ފެތުރެމުންދާކަން އެނގުމާއި އެކު އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނައީ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު އެވެ. ކުރިން އެޗްއީއޯސީން ބުނީ އެ ރަށުގައި ބަލި ފެތުރެން ފެށިކަމަށް ބެލެވެނީ މައުލޫމާތުގެ ކުށަކުން ނަތީޖާ ޕޮސިޓިވް ކަމަށް ދެއްކި ހަތަރު މަހުގެ ކުޑަ ކުއްޖަކު ނެގެޓިވް ކަމަށް ބުނެ ކަރަންޓީނުން ދޫކޮށްލެވުން ކަމަށެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ މިހާތަނަށް އެ ރަށުން އެޗްއީއޯސީން ހޯދި މައުލޫމާތުތަކަށް ބަލާއިރު ބަލި ފެތުރުނީ އެ ކުއްޖާގެ ފަރާތުން ކަމަށް ނުބެލެވޭ ކަމަށެވެ. ޑރ. ނަޒްލާ ވިދާޅުވީ މިހާތަނަށް ބެލި ބެލުމުން އެ ރަށުގައި ބަލި ފެތުރޭތާ ދުވަސް ކޮޅެއް ވެދާނެ ކަމަށެވެ.
އޭނާ ވިދާޅުވީ އެ ރަށަށް ބަލި ދިޔަ ގޮތެއް އަދި ދެނެގަނެވިފައި ނުވާ ކަމަށެވެ. އެކަމަކު އެ ރަށްރަށުން އަނެއް ރަށަށް ދަތުރު ކުރާ މީހެއްގެ ފަރާތުންވެސް ކޯވިޑް އެ ރަށަށް ގޮސްފައިވުމަކީ އެކަށީގެންވާ ކަމަށް ވިދާޅުވި އެވެ.
ދެއްވަދޫ ކްލަސްޓާ އާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ހެޑް އޮފް ކޮންޓެކްޓް ޓްރޭސިން ކްލަސްޓާ އިބްރާހިމް ނިޒާމް ވިދާޅުވީ ދެއްވަދޫ ކްލަސްޓާ އާއި ގުޅިން ހުރި 22 މީހަކު މިހާތަނަށް ޕޮސިޓިވްވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ދެއްވަދޫގައި ތިބި 16 މީހުންނާއި ފޮނަދޫގައި ތިބި ހަަރު މީހުންގެ އިތުރުން ހުޅުމާލޭގައި ތިބި ދެ މީހެކެވެ.
(ތަފްސީލް އަންނަނީ)
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް