މިއަދު ކޯވިޑް ޖެހުނީ 44 މީހުންނަށް

ކޯވިޑް-19 އަށް އިތުރު 44 މީހުން ޕޮސިޓިވް ވެއްޖެ އެވެ. މިއަދު ޕޮސިޓިވްވެފައިވަނީ މާލެއިން 24 މީހުންނެވެ. މީހުން ދިރިއުޅޭ ރަށްތަކުން 16 މީހަކު ޕޮސިޓިވްވެފައިވާއިރު ރިސޯޓުތަކުން ހަތަރު މީހަކު ޕޮސިޓިވްވެފ...

10 Jan 2021 | 17:20

ކޯވިޑް-19 އަށް އިތުރު 44 މީހުން ޕޮސިޓިވް ވެއްޖެ އެވެ.

މިއަދު ޕޮސިޓިވްވެފައިވަނީ މާލެއިން 24 މީހުންނެވެ. މީހުން ދިރިއުޅޭ ރަށްތަކުން 16 މީހަކު ޕޮސިޓިވްވެފައިވާއިރު ރިސޯޓުތަކުން ހަތަރު މީހަކު ޕޮސިޓިވްވެފައިވެ އެވެ.

މިއަދު ކޯވިޑަށް ޓެސްޓުކޮށްފައިވަނީ 3،277 ސާމްޕަލެވެ.

މިވަގުތު ކޯވިޑަށް ފަރުވާ ދެމުން ދަނީ 717 މީހުންނަށެވެ. އޭގެ ތެރެއިން 52 މީހުންނަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެނެވެ.

މިހާތަނަަށް ކޯވިޑް ޖެހުނު މީހުންގެ ތެރެއިން 13،336 މީހުން ވަނީ ބަލިން ރަނގަޅުވެފައި އެވެ. ބަލި ޖެހުނު މީހުންގެ ތެރެއިން މަރުވެފައިވަނީ 49 މީހުންނެވެ.

ރާއްޖޭގައި ކޯވިޑް ޖެހުނު މީހުންގެ އަަދަދު މިއަދު ވަނީ 14،109 މީހުންނަށް އަރާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް