ޔޫކޭ އަވަށެއްގެ އިސްވެރިޔަކު ރައްޔިތުން ގެއިން ނުނިކުންނަން އެންގީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން !

އިނގިރޭސިވިލާތުގެ ޑިސްޓްރިކްޓެއް ކަމުގައިވާ ރިޗްމޮންޑްޝަޔަރ ގެ ކައުންސިލް އިސްވެރިޔަކު، އެ އަވަށުގެ ރައްޔިތުން ގެއިން ނުނިކުތުމަށް އިލްތިމާސްކުރިއިރު އޭނާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާތީ އޭނާއަށް ފ...

10 Jan 2021 | 16:01

އިނގިރޭސިވިލާތުގެ ޑިސްޓްރިކްޓެއް ކަމުގައިވާ ރިޗްމޮންޑްޝަޔަރ ގެ ކައުންސިލް އިސްވެރިޔަކު، އެ އަވަށުގެ ރައްޔިތުން ގެއިން ނުނިކުތުމަށް އިލްތިމާސްކުރިއިރު އޭނާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާތީ އޭނާއަށް ފާޑުކިޔުން އަމާޒުވެއްޖެއެވެ.

އަންގީ ޑޭލް ނަމަކަށްކިޔާ މި އަންހެން މީހާ އޭނާގެ ފިރިމީހާއާއެކު ރާއްޖެއަށް ޗުއްޓީއަށް އައީ އެ ޑިސްޓްރިކްޓްގައި އެލާޓް ލެވެލް ހަތަރެއް އިއުލާނު ކުރުމުގެ ކުރިންނެވެ. އެ ލެވެލް އިއުލާނު ކުރުމާއެކު އެ ޑިސްޓްރިކްޓްގެ ކައުންސިލުން މިހާރު އިލްތިމާސްކޮށްފައިވަނީ ރައްޔިތުން ގެއިން ބޭރަށް ނުނިކުތުމަށެވެ. އެ އެންގުމުގައި ސޮއެކޮށްފައިވަނީ އަންގީ ޑޭލްއެވެ.

އަންގީ ޑޭލް ރާއްޖޭގައި ހުރެ މި އެންގުން އެންގުމުން ގިނަ ބަޔަކު ފާޑުކިޔަމުންދިޔަނަމަވެސް އަންގީއާއި އެއްކޮޅަށް ވާހަކަ ދައްކާ މީހުން ބުނަނީ އޭނާ ޗުއްޓީއަށް ރާއްޖެއަށް ދިޔައީ ހާލަތު ރަނގަޅަށް އޮއްވާކަމުން އޭނާއާއި ދިމާއަށް އެއްޗެއް ބުނެވެން ނޯންނާނެކަމަށެވެ.

ކޮވިޑް ހާލަތު އިނގިރޭސިވިލާތުގައި އަނެއްކާވެސް ގޯސްވެފައިވާއިރު އިނގިރޭސިވިލާތުގެ ގިނަ ސަރަހައްދުތަކެއްގައި އަލުން ވަނީ ލޮކްޑައުންގެ ހާލަތުވެސް އިއުލާނުކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް