ދުނިޔޭގެ އެކި ކަންކޮޅުތަކުން ކޮވިޑަށް ޕޮޒިޓިވްވި ކޭސްތަކުގެ އަދަދު 90 މިލިއަނަށް ވުރެ މައްޗަށް އަރައިފި

ކޮވިޑް-19 އަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ޕޮޒިޓިވްވި ކޭސްތަކުގެ އަދަދު 90 މިލިއަނަށް ވުރެ މައްޗަށް އަރައިފި އެވެ. ކޮވިޑް-19ގެ ކޭސްތައް ރެކޯޑް ކުރަމުން އަންނަ ގޮތަށް ބަލާއިރު އަދިވެސް އެންމެ ގިނަ އަދ...

10 Jan 2021 | 14:09

ކޮވިޑް-19 އަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ޕޮޒިޓިވްވި ކޭސްތަކުގެ އަދަދު 90 މިލިއަނަށް ވުރެ މައްޗަށް އަރައިފި އެވެ.

ކޮވިޑް-19ގެ ކޭސްތައް ރެކޯޑް ކުރަމުން އަންނަ ގޮތަށް ބަލާއިރު އަދިވެސް އެންމެ ގިނަ އަދަދުތަކުން ކޭސް ރެކޯޑް ކުރަނީ އެމެރިކާއިން ނެވެ. އެގޮތުން އިއްޔެ އެކަނިވެސް އެމެރިކާގަ ދެލައްކަ ފަންސާސް ހާހެއްހާ މީހުން އަލަށް ކޮވިޑަށް ޕޮޒިޓިވްވެފަވާއިރު، އެމެރިކާއިން މިހާތަނަށް ރެކޯޑް ކުރި ޕޮޒިޓިވް ކޭސްތަކުގެ އަދަދު ވަނީ 22.6 މިލިއަނަށް އަރާފަ އެވެ.

އެމެރިކާއާ އެންމެ ގާތުން ކޮވިޑް-19ގެ ކޭސްތައް ރެކޯޑް ކޮށްފައިވާ އިންޑިއާއިން މި ހާތަނަށް 10.45 މިލިއަނަށް ވުރެ ގިނަ ކޭސް ރެކޯޑް ކޮށްފައިވެ އެވެ. އަދި އިއްޔެ އެކަނިވެސް އިންޑިއާއިން އަށާރަހާސް އަށްސަތޭކަ މީހުން ޕޮޒިޓިވްވީ ކަމަށް ވަނީ ރިޕޯޓު ކޮށްފަ އެވެ.

މި ބަލީގައި އެންމެ ގިނަ ބަޔަކު މަރުވި ކަމަށް ރެކޯޑް ކޮށްފައި ވަނީވެސް އެމެރިކާއިން ނެވެ. އެގައުމުން މިހާތަނަށް ތިންލައްކަ އަށްޑިހާ އެއްހާހަށްވުރެ ގިނަ މީހުން މަރުވި ކަމަށް ރިޕޯޓް ކޮށްފައި ވާއިރު، ދެން އެންމެ ގިނަ އަދަދަކަށް މަރުގެ ކޭސްތައް ރިޕޯޓް ކުރީ ބްރެޒީލުން ނެވެ. ބްރެޒީލުން ވަނީ ދެ ލައްކައަށްވުރެ ގިނަ ކޮވިޑް މަރު ރިޕޯޓް ކޮށްފަ އެވެ.

މުޅިދުނިޔެއިން ބަލި ޖެހުނު މީހުންގެ ޖުމުލަ ޢަދަދު 90 މިލިއަން ފަހަނައަޅާދިޔައިރު، މިހާތަނަށް ބަލިން ރަނަގަޅުވީ މީހުންގެ އަދަދު ވަނީ 64.4 މިލިއަނަށް އަރާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް