ދިގު މުއްދަތަކަށް ބަހާލައިގެން ފްލެޓް ޖޫރިމަނާ ދެއްކޭނެގޮތް ސަރުކާރުން ހަމަޖައްސައިދީފި

ފްލެޓްތަކަށް ފައިސާ ނުދެއްކުމުގެ ސަބަބުން ޖޫރިމަނާ ވެފައިވާ މީހުން، ހަ މަސް ދުވަހަށް ބަހާލައިގެން އެ ފައިސާ ދައްކާ ޚަލާސްކުރެވޭނެ ގޮތަށް ސަރުކާރުން ހަމަޖައްސައިދީފިއެވެ. 'ގެދޮރުވެށިކުރުން' ޕްރޮގްރާގެ ...

10 Jan 2021 | 13:02

ފްލެޓްތަކަށް ފައިސާ ނުދެއްކުމުގެ ސަބަބުން ޖޫރިމަނާ ވެފައިވާ މީހުން، ހަ މަސް ދުވަހަށް ބަހާލައިގެން އެ ފައިސާ ދައްކާ ޚަލާސްކުރެވޭނެ ގޮތަށް ސަރުކާރުން ހަމަޖައްސައިދީފިއެވެ.

'ގެދޮރުވެށިކުރުން' ޕްރޮގްރާގެ ދަށުން ދޫކޮށްފައިވާ މި ފްލެޓްތަކުގެ ޖޫރިމަނާއަށް ދިން ލުއި ބޭނުންވާ ފަރާތްތަކުން2021 ޖަނަވަރީ31 ގެ14:00 ގެ ކުރިން ހައުސިން މިނިސްޓްރީއަށް މެއިލް އަކުން ހުށަހަޅަން ޖެހެއެވެ.

މިއީ، އެއްބަސްވުމުގެ ދަށުން ފައިސާ ދެއްކުމަށް އުޒުރުވެރިވާ ފަރާތްތަކުން އެމީހުންނަށް ލުއި ގޮތެއް ހަމަޖައްސައި ދިނުމަށް އެދެމުންދާތީ ހުޅުވާލި ފުރުސަތެކެވެ. އެގޮތުން ދޫކޮށްފައިވާ 704 ފްލެޓް އެއްބަސްވުމުގެ ފަރާތްތަކާއެކު ސެޓްލްމަންޓް އެއްބަސްވުމެއް ވެވުނެވެ.

މިހާތަނަށް 'ގެދޮރުވެށިކުރުން' ޕްރޮގްރާގެ ދަށުން ދޫކޮށްފައިވާ ފްލެޓްތަކަށް ފައިސާ ނުދައްކާ، އަދި ލުޔަށް ނޭދޭމީހުންނާމެދު ހައުސިން މިނިސްޓްރީން ފިޔަވަޅު އަޅާނެއެވެ.

ފައިސާ ދެއްކުމުގައި ލުއި ގޮތެއް ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ހުށަހަޅާއިރު، އެމީހެއްގެ ނަން، ފޯނު ނަންބަރު، ފްލެޓް ނަންބަރުގެ އިތުރުން އައިދީ ކާޑް ކޮޕީ ހިމެނޭގޮތަށް [email protected] އަށް މެއިލްކޮށްލަން ޖެހޭނެެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް