އިންޑޮނޭޝިއާގެ ޖަކާޓާއިން ނައްޓާލިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ވެއްޓުނު ވެއްޓުނު ސްރިވިޖާޔާ އެއަރލައިންގެ ބައިތަކާއި ޕަސިންޖަރުންގެ ހަށިތައް ފެންނަން ފަށައިފި ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
އޮފިޝަލުންނާ ހަވާލާދީ ބުނެފައިވަނީ އެ ބޯޓު ވެއްޓުނު ކަމަށް ބެލެވެނީ ޖާވާ ކަނޑަށް ކަމަށެވެ.
"އެ ސަރަހައްދުން ބޯޓުގެ ދަގަނޑު އެތިކޮޅުތައް ކަމަށް ބެލެވޭ ބައިތަކެއް ވަނީ ފެނިފަ. އަދި މީހުންގެ ގުނަވަންތަކާއި އަންނައުނު ވެސް ފެންނަމުން ދަނީ." އިންޑޮނޭޝިއާގެ ޓްރާންސްޕޯޓު މިނިސްޓަރު ބުޑީ ކަރިޔާ ސުމަދީ ވިދާޅުވި އެވެ.
އިންޑޮނޭޝިއާގެ އަސްކަރިއްޔާ އާ ހަވާލާދީ ރިޕޯޓުތައް ބުނެފައިވަނީ ބޯޓާ އެންމެ ފަހުން ގުޅުނު ސަރަހައްދުން އެ ބޯޓުގެ ސިގްނަލެއް ޑިޓެކްޓު ކުރެވިފައިވާ ކަމަށެވެ.
އެ ބޯޓު ވެއްޓުނު ކަމަށް ބެލެވޭ ގަޑީގައި އެއްޗެއް ގޮވާ މަންޒަރު ފެނި، އަޑު އިވުނު ކަމަށް އެ ސަރަހައްދާ ކައިރީގައި ތިބި ބައެއް މީހުން ބުނާ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.
ބްލޫމްބަރގް ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ބޯޓުގައި 62 މީހުން ތިބި އިރު، އޭގެ ތެރޭގައި 10 ކުޑަކުދިން ވެސް ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް