މިއަދުން ފެށިގެން މާލޭގެ ގޭބީސީތަކުން ކުނި ނެރެންޖެހޭނީ ރޭގަނޑު 10:00 އިން 12:00 އާއި ދެމެދުއެވެ.
މި ބަދަލަކީ ހަމައެކަނި މާލޭގެ ގޭބިސީތަކަށް އަހިސްފައިވާ ބަދަލެކެވެ.
މީގެ ކުރިން ގޭބިސީތަކުގެ ކުނި ނެރެމުން އަހިސްފައިވަނީ މެންދުރު 12:00 އިން 2:00 އަށެވެ. ކުނިނެރޭގަޑި ވެމްކޯއިން ބަދަލުކުރުމުން،
މީގެ ކުރިން ވެމްކޯއިން ވަނީ ގޭބިސީތަކުގެ އެކި ފަންގިފިލާއިން ވެސް ކުނި ނަގާފައެވެ. ނަމަވެސް ކޯވިޑް-19 ގެ މި ހާލަތާއެކު، ކޮންމެ ގޭބިސީއަކުންވެސް ކުނި ނެރެފައި ބަހައްޓަން ޖެހެނީ އިމާރާތުގެ ބޭރުގައި އެވެ.
ވެމްކޯއިން ބުނީ ކުނި ނަގާ ގަޑިއަށް ބަދަލު އަޔަސް ކުނި ނެރުމުގައި އަމަލު ކުރަން ޖެހޭނީ ކުރިންވެސް އަމަލު ކުރަމުން އައި އެ އުސޫލަށެވެ.
ކުނި ނެރެންޖެހޭ ގަޑިއަށް މިއަދުން ފެށިގެން ބަދަލު އަންނާނެކަމަށް ވެމްކޯއިން ދިޔައީ ހަންދާންވެސް ކޮށްދެމުންނެވެ. ނަމަވެސް މިއަދު ހެނދުނުން ފެށިގެން ބައެއް ގޭގެއިން މަގުމައްޗަށް ކުނި ނެރެމުންދާކަމަށް ވެމްކޯއިން ބުނެފައިވެ އެވެ.
ކުނި ނެރުމުގެ ކުރިން ދެ ކޮތަޅަށް ލާ ބާރުކުރުމަށް ވެމްކޯއިން އިލްތިިމާސްކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް