ފަޅު ރަށަކުން މަސްތުވާތަކެތި ފެނުނު މައްސަލަ، ކޯޓުތަކުން ބޭރުކޮށްފި

2019 ވަނަ އަހަރު ގދ. ހުޅުވާރުލުގައި މަސްތުވާތަކެތި ވަޅުލައިގެން އުޅެނިކޮށް އަތުލައިގަތް މަސްތުވާ ތަކެތީގެ މައްސަލަ ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓުން ބޭރުކޮށްލައިފިއެވެ. މިއަދު ހެނދުނު އެ މައްސަލަ ގައްދޫ ...

10 Jan 2021 | 09:24

2019 ވަނަ އަހަރު ގދ. ހުޅުވާރުލުގައި މަސްތުވާތަކެތި ވަޅުލައިގެން އުޅެނިކޮށް އަތުލައިގަތް މަސްތުވާ ތަކެތީގެ މައްސަލަ ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓުން ބޭރުކޮށްލައިފިއެވެ.

މިއަދު ހެނދުނު އެ މައްސަލަ ގައްދޫ މެޖިސްޓްރޭޓް ކޯޓުން ބޭރުކޮށްލ،ީ ދައުވާ ކުރަން ގާނޫނުގައި ބަޔާން ކުރާ މުއްދަތު ހަމަވި ފަހުން މައްސަލަ ކޯޓަށް ހުށަހެޅުމުންނެވެ.

100 ކިލޯގެ ހެރޮއިން އާއި 49 ކިލޯގެ ކެނަބިސް ވަޅުލައިގެން އުޅެނިކޮށް ފެނުނު މި މައްސަލައިގައި ފަސް މީހަކަށް ދައުވާ ކުރުމަށް ޕީޖީއިން ފުރަތަމަ ހުށަހެޅީ ކްރިމިނަލް ކޯޓަށެވެ.

ނަމަވެސް ކްރިމިނަލް ކޯޓުން ވެސް އެ މައްސަލަ ބޭރުކޮށްލިއެވެ. އެއީ އެ މައްސަލަ ހުށަހަޅަން ޖެހޭނީ އެ ކުށުގެ އަމަލު ހިނގި ކޯޓަކަށް ކަމަށްވާތީއެވެ.

މިކަމާ ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އަދި ބައެއް ބުނެފައެއް ނުވެއެވެ. ގދ. އަތޮޅުގެ އެ ފަޅު ރަށުން އަތުލައިގަތް 149 ކިލޯގެ މަސްތުވާތަކެތީގެ މަގުމަތީގެ އަގަށް 240 މިލިއަން ރުފިޔާގެ އަރައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް