އިންކަމް ސަޕޯޓް އެލަވަންސަށް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ ނިޔަލަށް ހުޅުވާލައިފި

އިންކަމް ސަޕޯޓް އެލަވަންސަށް ހުށަގެޅުމުގެ ފުރުސަތު މި މަހުގެ ނިޔަލަށް ހުޅުވާލައިފި އެވެ. މިއީ ކޮވިޑް-19ގެ ގެއްލުމުގެ ސަބަބުން ވަޒީފާ ގެއްލި، ވަޒީފާގެ ހާލަތަށް އަސަރުކޮށްފައިވާ މީހުންނަށް އެހީވުމުގެ ގޮ...

10 Jan 2021 | 08:55

އިންކަމް ސަޕޯޓް އެލަވަންސަށް ހުށަގެޅުމުގެ ފުރުސަތު މި މަހުގެ ނިޔަލަށް ހުޅުވާލައިފި އެވެ.

މިއީ ކޮވިޑް-19ގެ ގެއްލުމުގެ ސަބަބުން ވަޒީފާ ގެއްލި، ވަޒީފާގެ ހާލަތަށް އަސަރުކޮށްފައިވާ މީހުންނަށް އެހީވުމުގެ ގޮތުން ދޭ އެލަވަންސެކެވެ.

އެޕްރީލް 2020 އިން ޑިސެންބަރު 2020 އަށް ޝަރުތު ހަމަވާ ވަކިވަކި ފަރުދުންނަށް މި އެލަވަންސް ދޭ އިރު، އިންކަމް ސަޕޯޓު އެލަވެންސްގެ ގޮތުގައި ފައިސާ ދޫކުރަން ފެށީ މެއި 20 ވަނަ ދުވަހުން ފެށިގެންނެވެ.

އެގޮތުން މިމަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް 1.38 ބިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ތަފާސް ހިސާބުން ދައްކަ އެވެ.

ތަފާސް ހިސާބުން ދައްކާ ގޮތުގައި މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށް 14501 މީހަކަށް 182 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ.

މިމަސް ނިމުމުގެ ކުރިން އޮކްޓޯބަރާއި ނޮވެމްބަރު މަހުގެ އެލަވަންސަށް އެދި ފޯމް ހުށަހަޅަންޖެހެ އެވެ. އަދި ޑިސެމްބަރު މަހުގެ އެލަވެންސަށް ފޯމް ހުށަހަޅަން ޖެހެނީ 10 ޖަނަވަރީން ފެށިގެން އެ މަހުގެ ނިޔަލަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް