ގައުމުތަކާއި ގުޅުން ބަދަހި ކުރުމަށް ރާއްޖެއިން އިސްކަންދޭތީ ޔުނިސެފުގެ ތައުރީފު

ދޭދޭ ގައުމުތަކުގެ މެދުގައި ގުޅުން ބަދަހި ކުރުމަށް ފޮރިން މިނިސްޓަރު ޝާހިދު ދެއްވާ އަހައްމިޔަތުކަމަށް ޔުނިސެފުން ރާއްޖެއަށް ކަނޑައަޅާފައި ހުންނެވި މަންދޫބު މުނީރް ސަފީލްދީން ޝުކުރު އަދާކުރައްވައިފިއެވެ...

10 Jan 2021 | 08:55

ދޭދޭ ގައުމުތަކުގެ މެދުގައި ގުޅުން ބަދަހި ކުރުމަށް ފޮރިން މިނިސްޓަރު ޝާހިދު ދެއްވާ އަހައްމިޔަތުކަމަށް ޔުނިސެފުން ރާއްޖެއަށް ކަނޑައަޅާފައި ހުންނެވި މަންދޫބު މުނީރް ސަފީލްދީން ޝުކުރު އަދާކުރައްވައިފިއެވެ.

އެކަމަށް އޭނާ ޝުކުރު އަދާ ކުރެއްވީ ކުރެއްވި ޓުވީޓެކެވެ. ސަފީލްދީން ވަނީ ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ޔުނިސެފްގެ ރެޒިޑެންޓް ރެޕްރެޒެންޓޭޓިވްގެ ދައުރު ހަމަކުރެއްވުމަށްފަހު މިދިޔަ މަހު ފުރާވަޑައިގެންފައި އެވެ.

އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިނިސްޓަރު ޝާހިދުއާއި ފޮރިން މިނިސްޓްރީއިން ދިން އެއްބާރުލުމާއެކު ރާއްޖެއާއި ޔުނިސެފްއާ ދެމެދު އޮންނަ ގުޅުން ބަދަހިވެގެން ދިޔަކަމަށެވެ.

ސަފީލްދީން ރާއްޖެއިން ފުރާވަޑައިގެންނެވުމުގެ ކުރިން މިދިޔަ ޑިސެމްބަރު މަހު މިނިސްޓަރު ޝާހިދުގެ އަރިހަށް ވަދާޢީ ޒިޔާރަތެއް ކުރެއްވިއެވެ. މި ޒިޔާރަތުގައި މިނިސްޓަރު ޝާހިދު ވަނީ ރާއްޖޭގައި ކުޑަކުދިންގެ ހައްގުތައް ޙިމާޔަތްކޮށް ކުރިއެރުވުމަށް ސަފީލްދީން ކުރެއްވި މަސައްކަތަށް ޝުކުރު އަދާކުރައްވާފައެވެ.

އަދި ދިވެހިރާއްޖެއާއި ޔުނިސެފްއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ސަފީލްދީން މުހިއްމު ދައުރެއް އަދާކުރެއްވިކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް