އިޓާލިއަން ސެރިއާ ގައި އޭސީ މިލާނުން ތާވަލުގެ އެއްވަނައަށް އަރާ، 4 ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.
އެޓީމުން ހަތަރު ޕޮއިންޓާއެކު ތާވަލުގެ އެއްވަނައަށް އެރީ، އިޓާލިއަން ސެރިއާގައި ޓޮރިނޯ އާ ބައްދަލުކުރި މެޗު 2-0 އިން މޮޅުވެގެން ނެވެ.
ރޭގެ މެޗުގައި މިލާނުގެ ދެ ގޯލް ވެސް ޖަހާފައިވަނީ ފުރަތަމަ ހާފުގަ އެވެ. އެގޮތުން ފުރަތަމަ ގޯލް 25 ވަނަ މިނެޓުގައި ޖެހީ ޕޯޗުގަލްގެ ރަފައެލް ލީއޯ އެވެ. އަދި ދެވަނަ ގޯލް 36 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ޖެހީ ފްރޭންކް ކެސީ އެވެ.
ރޭގެ މެޗުގައި އެންމެ ފާހަގަވި އެއްކަމަކީ އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރުމަށް ފަހު، ޒަލަޓާން އިބްރަހިމޮވިޗް ދެއްކި ކުޅުމެވެ. އޭނާގެ ފަރާތުން ގޯލެއް ނުފެނުނު ނަމަވެސް އޭނާ ވަނީ ރަނގަޅު ކުޅުމެއް ދައްކާފަ އެވެ.
މިލާން އެއްވަނައިގައި އޮތީ 17 މެޗުން 40 ޕޮއިންޓު ހޯދައިގެން ނެވެ. ތާވަލުގެ ދެ ވަނައިގައި އޮތް އިންޓަރ މިލާނަށް 16 މެޗުން ލިބިފައިވަނީ 36 ޕޮއިންޓެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް