މާލޭގެ ސްކޫލްތައް ފެށުމާއި އެކު މުދާ އުފުލޭ ގަޑިތަކަށް ބަދަލު ގެނެސްފި

މާލެ އާއި ސިމާލޭ ބްރިޖުގައި މުދާ އުފުލޭ ގަޑިތަަކަށް ޓްރާންސްޕޯޓު މިނިސްޓްރީން ބަދަލު ގެނެސްފި އެވެ. ސްކޫލްތައް ފެށޭ ގަޑީގައި މަގުމަތީގައި ބާރުބޮޑުވާތީ މުދާ އުފުލުން ދުވާލުގެ ވަކި ގަޑިތަކެއްގައި އޮންނަ...

10 Jan 2021 | 08:26

މާލެ އާއި ސިމާލޭ ބްރިޖުގައި މުދާ އުފުލޭ ގަޑިތަަކަށް ޓްރާންސްޕޯޓު މިނިސްޓްރީން ބަދަލު ގެނެސްފި އެވެ.

ސްކޫލްތައް ފެށޭ ގަޑީގައި މަގުމަތީގައި ބާރުބޮޑުވާތީ މުދާ އުފުލުން ދުވާލުގެ ވަކި ގަޑިތަކެއްގައި އޮންނަނީ މަނާކޮށްފައި އެވެ. އެކަމަކު ކޯވިޑް-19 އާއި ގުޅިގެން މާލޭ ސިޓީ ލޮކްޑައުން ކޮށް ސްކޫލްތައް ބަންދު ކުރުމުން 24 ގަޑިއިރު މުދާ އުފުލުމުގެ ހުއްދަ ކުރިން ދިނެވެ.

ޓްރާންސްޕޯޓު މިނިސްޓްރީން ބުނީ މިއަދުން ފެށިގެން މުދާ އުފުލޭ ގަޑިތަކަށް ބަދަލު ގެންނަން ނިންމީ ސްކޫލްތައް ފެށުމާއިި އެކު މަގުމަތީގެ ހަރަކތްތައް އިތުރުވެ ބާރުބޮޑުވާނެތީ އެވެ. މިއަދުން ފެށިގެން ގެނައި ބަދަލާއި އެކު ހެނދުނު 11:30 އިން މެންދުރު 1:30 އަށް 350 ކިލޯއިން ފެށިގެން މަތީގެ އެއްވެސް އުޅަނދެއްގައި މުދާ އުފުލުމަކީ މަނާ ކަމެކެވެ.

ހެނދުނު 9:00 އިން ހެނދުނު 11:30 އަށް އަދި މެންދުރު 1:30 އިން ހެނދުނު 6:00 އަށް ހުރިހާ ގިންތިއެއްގެ އުޅަނދުގައި ފެނާއި ގޭސް ފިޔަވާ އެހެނިހެން މުދާ އުފުލޭނެ އެވެ. ހުރިހާ ގިންތިއެއްގެ އުޅަނދުގައި ފެނާ ގޭސް އުފުލުމަށް ހާއްސަކޮށްފައިވަނީ 6:00 އިން ހެނދުނު 6:00 އަށެވެ.

350 ކިލޯއަށްވުރެ ދަށުގެ ޕިކަޕުތަކުގައި 24 ގަޑިއިރު މާލެ އާއި ހުޅުމާލޭގައި މުދާ އުފުލޭނެ އެވެ. ހުޅުމާލެއަށް މުދާ ގެންދިއުމަށް، ދެ ޓަނުން ދަށުގެ އުޅަނދަށް 24 ގަޑިއިރު ބުރިޖުގައި މުދާ އުފުލޭނެ އެވެ. ދެ ޓަނަށްވުރެ ބަރު އުޅަނދުފަހަރުގައި ބުރިޖުމަތިން މުދާ އުފުލޭނީ ހަވީރު 6:00 އިން ހެނދުނު 6:00 އަށެވެ.

މީގެ އިތުރުން މާލެ އަދި ހުޅުމާލެ އަށް ގަނޑުކޮށް އުފުލާ ލަކުޑި، ދަގަނޑު، ހިލަ، ހިލަވެލި، ބިއްލޫރި، ސިމެންތި އަދި އިމާރާތްކުރުމަށް ބޭނުންކުރާ ގާ ފަދަތަކެތި ހަވީރު 6:00 އިން ހެނދުނު 6:00 އަށް ހުރިހާ ގިންތިއެއްގެ އުޅަނދުގައި ވެސް އުފުލޭނެ ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.

މާލޭގައި މުދާ އުފުލުމުގައި ވަކި ގަޑިތަކެއް ހަމަޖެއްސީ ސްކޫލްތަކަށް ކުދިން ގެންދާ ގަޑީގައި މަގުމަތީގައި ބާރުބޮޑުވުމުގެ މައްސަލަތައް ދިމާވާތީ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް