ފެރާރޯއިން މިހާރު ތައްޔާރުކޮށްގެން މާރކެޓަށް ނެރޭ ނަޓެއްލާ ފުޅީގެ ސައިޒު ކުޑަކުރުމަށް ނިންމައިފިއެވެ. އެގޮތުން މިހާރު 400 ގުރާމުގެ ބިއްލޫރިފުޅި ބޭނުންކުރަމުންދާއިރު ފެރާރޯއިން މި ވަނީ 350 ގުރާމުގެ ބިއްލޫރިފުޅިއަކަށް ބަދަލުކުރަން ނިންމާފައެވެ.
އެހެން ނަމަވެސް ނަޓެއްލާ ފުޅީގެ ސައިޒު ކުޑަވި ނަމަވެސް ފުޅީގެ އަގަށް ބަދަލެއް ނާންނާގެ ކަމުގައި ވަނީ އަންގާފައެވެ. މިކަމުގެ ސަބަބުން ނަޓެއްލާ ބޭނުންކުރަމުންދާ ކަސްޓަމަރުން ވަނީ ނުރުހުން ފާޅުކޮށްފައެވެ.
އެގޮތުން ފުޅީގެ ސައިޒު ކުޑަވި ނަމަވެސް އަގު ދަށް ނުވުމަކީ ކަސްޓަމަރުންނަށް އިތުރު ޚަރަދެއްކަމުގައި ބައެއް މީހުން ފާހަގަކޮށްފައިވައިރުގައި އަނެއްބަޔަކު ބުނަނީ ނަޓެއްލާއަކީ ހަށިގަނޑަށް ނުރައްކާތެރި އެއްޗެއް ކަމުގައެވެ. އަދި ފުޅީގެ ސައިޒު ކުޑަކުރުމުން އެ ސަލާމަތްކުރެވެނީ އެތަށް ބައެއްގެ ފުރާނަކަމުގައިވެސް ބައެއް މީހުން ފާހަގަކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް