ޑރ. މުހައްމަދު އަލީއާ ސުވާލު ކުރަން ބޭނުންވާ ފަރާތްތަކަށް ރަނގަޅު ފުރުސަތެއް!

އައިޖީއެމްއެޗުގެ އެތެރެހަށީގެ ހާއްސަ ޑޮކްޓަރު ޑރ. މުހައްމަދު އަލީ އަލީ މަޝްހޫރު އަދި އާންމުންނަށް ސިއްހީ ގޮތުން ގިނަ މައުލޫމާތުތަކެއް ފޯރުކޮށްދޭ އާންމުންނާއި ވަރަށް ގާތް ގުޅުމެއް ބާއްވާ ޑޮކްޓަރެކެވެ. ...

10 Jan 2021 | 07:19

އައިޖީއެމްއެޗުގެ އެތެރެހަށީގެ ހާއްސަ ޑޮކްޓަރު ޑރ. މުހައްމަދު އަލީ އަލީ މަޝްހޫރު އަދި އާންމުންނަށް ސިއްހީ ގޮތުން ގިނަ މައުލޫމާތުތަކެއް ފޯރުކޮށްދޭ އާންމުންނާއި ވަރަށް ގާތް ގުޅުމެއް ބާއްވާ ޑޮކްޓަރެކެވެ.

އިތުރަށް މައުލުމާތު ފޯރުކޮށްދީ އާންމުންނާއި ގާތް ގުޅުމެއް ބާއްވަން މިފަހަރު ޑރ. މުހައްމަދު އަލީ ފެއްޓެވީ ކޮމިއުނިޓީ ވައިބާ ގްރޫޕެއް ހިންގާށެވެ. "ޑރ. މުހައްމަދު އަލީ (އެތެރެހަށީގެ)" ނަމުގައި ހިންގާ މި ވައިބާ ގްރޫޕަށް އާންމުންގެ ފަރާތުން ދަނީ ވަރަށް ބޮޑު ތަރުހީބެއް ލިބެމުންނެވެ.

ސޯޝަލް މީޑިއާގައި ވަރަށް ހަރަކާތްތެރި ޑރ. މުހައްމަދު އަލީގެ ކޮމިއުނިޓީ ވައިބާ ގްރޫޕްގައި މިހާރުވެސް 12،400 އަށްވުރެ ގިނަ މެމްބަރުން އެބަތިއްބެވެ. ސުވާލު ކުރުމުގެ ފުރުސަތު ހުޅުވާލުމުން، ކޮންމެ މީހަކަށްވެސް އެމީހަކަށް ކުރިމަތިވާ މައްސަލައެއް ގްރޫޕްގައި ލިޔެލުމުން، އެއަށް ޑރ ޖަވާބު ދެއްވައެވެ.

އޭނާ އާއި ސުވާލު ކުރަން ބޭނުންވާ ފަރާތްތަކަށް ވަކި ވަކި ވަގުތެއް ދިނުމަށް ފަހު އެ ގްރޫޕުގައި ސުވާލު ކުރުމުގެ ފުރުސަތު އެވަގުތަށް މެމްބަރުންނަށް ބަންދު ކުރެ އެވެ. އަލުން ސުވާލު ކުރުމުގެ ފުރުސަތު ހުޅުވާލަނީ ކުރިން މެމްބަރުން ކޮށްފައިވާ ހުރިހާ ސުވާލަކަށް ޖަވާބު ދެއްވުމަށް ފަހު އެވެ.

⁨https://invite.viber.com/?g2=AQAr05rGl%2Bmje0iXcduGod8U2rrUpUh5W4VUJJbUnJLUMDxVJADBootJLKO3h34n⁩

ގަވާއިދުން ހޮސްޕިޓަލުގައި މަސައްކަތް ކުރައްވަމުން ކޮމިއުނިޓީ ވައިބާ ގްރޫޕެއް ހިންގުމަށް އުނދަގޫ ނުވާކަމަށް ޑރ މުހައްމަދު އަލީ ވިދާޅުވެ އެވެ. އޭނާ ވިދާޅުވީ ވަރަށް ކުދިކުދި ކަންކަމުގައިވެސް ބައެއް ފަހަރު އާންމުންގެ ފަރާތުން ސުވާލު އަންނާތީ މިފަދަ ގްރޫޕެއްގެ މުހިންމުކަން މުޖުތަމައަށް އޮތްކަން ގަބޫލު ކުރައްވާ ކަމަށެވެ.

ޑރ.މުހައްމަދު އަލީ އަކީ، ސޯޝަލް މީޑިއާގައި ރައްޔިތުންނާ އެންމެ ކައިރިން މަސައްކަތް ކުރައްވާ ޑޮކްޓަރުންގެ ތެރެއިން އެކަކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް