ގއ. ދެއްވަދޫއިން އިތުރު 8 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ

ގއ. ދެއްވަދޫއިން އިތުރު 8 މީހަކު ކޮވިޑް-19 އަށް ފައްސިވެ، އެރަށުން މިހާތަނަށް ފައްސިވި މީހުންގެ އަދަދު 17އަށް އަރައިފިއެވެ. ދެއްވަދޫއިން ކޮވިޑްގެ ފައްސި ކޭސްތަކެއް ފެނިފައިވާތީ މިހާރު ވަނީ އެރަށް މޮނި...

10 Jan 2021 | 06:36

ގއ. ދެއްވަދޫއިން އިތުރު 8 މީހަކު ކޮވިޑް-19 އަށް ފައްސިވެ، އެރަށުން މިހާތަނަށް ފައްސިވި މީހުންގެ އަދަދު 17އަށް އަރައިފިއެވެ. ދެއްވަދޫއިން ކޮވިޑްގެ ފައްސި ކޭސްތަކެއް ފެނިފައިވާތީ މިހާރު ވަނީ އެރަށް މޮނިޓަރިންގެ ހާލަތަށް ލެވިފައެވެ.

ދެއްވަދޫއިން އެންމެ ފުރަތަމަ ފައްސި ކޭސްއެއް ފެނިފައިވަނީ2020 ޑިސެމްބަރ24ގައެވެ. އެއީ އެރަށުގައި ކަރަންޓީންގައި ހުރިމީހެކެވެ. ކަރަންޓީނުގައި ތިބި މީހުން ބޭރަށް ނުކުތީ، ފަހުން އެމީހުންގެ ނަތީޖާ ނައްސިކަމަށް އެޗްއީއޯސީން އެންގުމުންނެވެ.

ދެއްވަދޫއަށް މިދިޔަ ޑިސެމްބަރު މަހުގެ 25 ގެ ފަހުން ދަތުރު ކޮށްފައިވާ ފަރާތެއްްނަމަ ކޮވިޑަަށް މިހާރު ޓެސްޓް ކުރުމުގެ އިތުރުން ދެއްވަދޫއިން ދަތުރު ކުރިތާ 14 ދުވަސް ފުރިހަމަ ވަންދެން ކަރަންޓީނުވުމަށް އެޗްޕީއޭއިން ވަނީ ވަނީ  އަންގާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް