މާލެ - އެއާރޕޯޓް ބަހުގެ ހިދުމަތް އަލުން ފެށިއްޖެ

މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ފަރާތުން ދެމުން ގެންދިޔަ ބަހުގެ ޙިދުމަތ،ް މިއަދު އަލުން ފެށިއްޖެއެވެ. މިއީ ކޮވިޑް19 ގެ ހާލަތާއި ގުޅިގެން މެދުކެނޑިފައިވާ ޙިދުމަތެކެވެ. މާލެ- އެއާޕޯޓް ބަހުގެ ޙިދުމަތް ފެށިގ...

10 Jan 2021 | 06:05

މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ފަރާތުން ދެމުން ގެންދިޔަ ބަހުގެ ޙިދުމަތ،ް މިއަދު އަލުން ފެށިއްޖެއެވެ. މިއީ ކޮވިޑް19 ގެ ހާލަތާއި ގުޅިގެން މެދުކެނޑިފައިވާ ޙިދުމަތެކެވެ. މާލެ- އެއާޕޯޓް ބަހުގެ ޙިދުމަތް ފެށިގެން ދާތީ ކާނިވާ ސަރަހައްދުން ފެށިގެންނެވެ.

މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ފަރާތުން ޝިފާން ރައުފް ވިދާޅުވީ، ކުރިއެކޭވެސް އެއްގޮތަށް ޝެޑިލުން ދަތުރުތައް އޮންނާނެކަމަށެވެ. އަދި ޙިދުމަތް ބޭނުންކުރާ ފަރާތްތަކުގެ ޑިމާންޑްއަށް ބަލައި، ދަތުރު އިތުރު ކުރަން ޖެހޭނަމަ، އެކަން ކުރާނެކަމަށެވެ.

މާލެ- އެއާޕޯޓް ބަސް ދަތުރުކުރާނެ ގޮތަށް ބަލާއިރު، ކާނިވާ ބަސް ހުއްޓި ކައިރިން ފަށައިގެން އާޓިފިޝަލް ބީޗް ވޮލީ ކޯޓް ކައިރީގައިވާ ބަސް ހުއްޓިއަށް ހުއްޓުމަށްފަހު ދާނީ އެމްއޭސީއެލް އޮފީސް ކައިރީގައިވާ ބަސް ހުއްޓިިއަށެވެ. އަދި އެއަށްފަހު އެއާޕޯޓް އޭޓީމެމް (މީއެމްއެލް) ކައިރިއަށް ހުއްޓާނީއެވެ.

މާލެއިން އެއާޕޯޓަށް ބަސް ދަތުރު ފަށާނީ 05:30 ގައެވެ. އަދި ކޮންމެ ގަޑިއަކު އެއްފަހަރު ބަސް ދަތުރު އޮންނާނެއެވެ. އެއާޕޯޓުން ބަސް ދަތުރު ފަށާނީ 06:00 ގައެވެ. އެހެން ދުވަސްތަކާ ޚިލާފަށް، ހުކުރު ދުވަހު ދުވަހު ބަހުގެ ޚިދުމަތް ފަށާނީ06:30 ގައެވެ. އަދި 10:30 - 13:30ށް ހުކުރު ވަގުތަށް ބަންދުވާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް