ކޮވިޑް-19 އާއި ގުޅިގެން ފޮނަދޫގައި މިރޭ ފެށުމަށް ހަމަޖެހިފައި އޮތް ހޭންޑްބޯޅަ މުބާރާތް ފަސްކޮށްފި

މުޅި ލާމުު އަތޮޅަށް ހުޅުވާލައިގެން ލ.ފޮނަދޫ ޔޫތް އެކަޑަމީއިން އިންތިޒާމް ކޮށްގެން މިރޭ ދެށުމަށް ހަމަ ޖެހިފައި އޮތް ހޭންޑްބޯޅަ މުބާރާތް ފަސްކޮށްފިއެވެ. ޔޫތް އެކަޑަމީ އިން މައުލޫމާތު ދޭ ގޮތުގައި މިރޭ 20...

10 Jan 2021 | 05:32

މުޅި ލާމުު އަތޮޅަށް ހުޅުވާލައިގެން ލ.ފޮނަދޫ ޔޫތް އެކަޑަމީއިން އިންތިޒާމް ކޮށްގެން މިރޭ ދެށުމަށް ހަމަ ޖެހިފައި އޮތް ހޭންޑްބޯޅަ މުބާރާތް ފަސްކޮށްފިއެވެ.

ޔޫތް އެކަޑަމީ އިން މައުލޫމާތު ދޭ ގޮތުގައި މިރޭ 20:30 ގައި ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތް ފަސްކުރީ ކޮވިޑް-19 އަށް ފޮނަދޫއިން 4 މީހަކު ފައްސިވުމާއި ގުޅީގެންނެވެ. 14 ޓީކަމުން ބައިވެރިވި މި މުބާރާތަކީ މިހާތަނަށް ލާމު އަތޮޅުގައި ބޭއްވޭ އެންމެ ބޮޑު ހޭންޑް ބޯޅަ މުބާރާތެވެ. ލާމު އަތޮޅުގެ ގިނަ ރައްތަކަކުން މި މުބާރާތުގައި ބައިވެރިވެ ގިނަ ތައްޔާރީތަކެއް ވަނީ ވެފައެވެ.

ޔޫތް އެކަޑަމީއިން ބުނީ މުބާރާތް މިރޭ ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވެ ނިމިފައިވާ ކަމަށާއި އެގޮތުން މުބާރާތަށް ތައްޔާރީތަށް ވުމަށް ގިނަ ބިޑެތި ޚަރަދުތަކެއްވެސް ކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް ކަން ދިމާކުރި ގޮތުން މުބާރާތް ލަސްކުރަން ޖެހުނީ ކަމަށެވެ. ޔޫތް އެކަޑަމީއިން މައުލޫމާތު ދެމުން ބުނީ މުބާރާތް ފަސްކޮށްފައިވަނީ ވަކި މުއްދަތެއް ނެތް ގޮތައް ކަމަށާއި އެހެން ނަމަވެސް މުބާރާތް ކެންސަލް ނުކުރާ ކަމަށެވެ.

އަދި ކޮވިޑް-19ގެ ހާލަތުން އަރައިގަނެވުނުހާ އަވަހަކަށް މުބާރާތް ކުރިޔަށް ގެންދިއުމަށް ތައްޔާރަށް ތިބި ކަމަށް ވެސް އެ ފަރާތުން ބުނެއެވެ.

" މުބާރާތް މިރޭ ފަށާގޮތަށް އޮތީ. އެހެން ނަމަވެސް ކަން ދިމާކުރި ގޮތުން މުބާރާތް ފަސްކުރަން ޖެހުނީ. ދެން މުބާރާތް ފެށޭނީ ކައުންސިލް އިދާރާއިން ހުއްދަ ލިބިގެން. ކައުންސިލް އިދާރާއިން ހުއްދަ ދިންހާ އަވަހަކަށް މުބާރާތް ކުރިޔައް ގެންދާނަން. މުބާރާތުގައި ބައިވެރިވެފައިވާ ޓީމުތަކަށް އަންގާލަން ބޭނުންވަނީ މާޔޫސް ނުވާށޭ، އިންޝާ ﷲ ވަރަށް އަވަހަށް މި ހާލަތުން އަރައިގަނެ މުބާރާތާއިގެން ކުރިޔަށް ދެވޭނެޔޭ." ޔޫތް އެކަޑަމީއިން މައުލޫމާތު ދެމުން ބުނެފައިވެއެވެ.

" އަސްލުު ވަރަށް ދެރަވެ މާޔޫސްވި. މުބާރާތަށް ވަރަށްް ފޯރިޔާއި އެކު ތައްޔާރީތައް ވަމުން ދިޔައީ. މުޅި މުބާރާތަށް ތައްޔާރުވުމުގެ ނުވަދިހައިން ސައްތަ މަސައްކަތް ވަނީ ނިމިފަ. އެހެން ނަމަވެސް ކަންދިމާ ކުރިގޮތުން މިހެންވީ." ޔޫތް އެކަޑަމީގެ ފަރާތުން ވާހަކަ ދެއްކި އެހެން ޒުވާނަކު ކިޔައިދިނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް