ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.
އެމްއެންޑީއެފުން ބުނީ ޝަމާލް ކޯވިޑަށް ޕޮސިޓިވްވީ އިއްޔެ ކަމަށެވެ. އޭނާ ކޯވިޑަށް ޓެސްޓު ކުރީ ބަލީގެ އަލާމާތްތައް ފެންނަން ފެށުމުން ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
ޕޮސިޓިވްވުމާއި ގުޅިގެން ޝަމާލް އައިސޮލޭޝަންގައި ހުންނެވީ ގޭގައި އެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް މޭޖާ އިބްރާހިމް އާޒިމް ވިދާޅުވީ ޗީފް އޮފް ޑިފެންސް ފޯސް ޝަމާލް މި ފަހުން ބޭއްވި އެއްވެސް އާންމު ހަފްލާ އެއްގައި ބައިވެރިވެވަޑައިގެންފައި ނުވާ ކަމަށެވެ. އަދި ރާއްޖެއިން ބޭރަށް ދަތުރު ކުރައްވާފައިވެސް ނުވާ ކަމަށެވެ.
އަދި އެނާ އާއި ކޮންޓެކްޓުވެފައިވާ ހުރިހާ އެންމެން ދެނެގަނެ ކަރަންޓީން ކޮށްފައިވާ ކަމަށް އާޒިމް ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް