މޭބިސްކަދުރަކީ ދިވެހިންގެ ތެރޭގައި ވަރަށް ފަސޭހައިން ލިބެން ހުންނަ އަނގަޔަށް މީރު މޭވާގެ ބާވަތެކެވެ. އެހެހް ނަމަވެސް މޭބިސް ކަދުރަކީ އާންމުގޮތެއްގައި ދިވެހިން އެހާ ގިނައިން ކައިއުޅޭ އެއްޗެއް ނޫނެވެ. ދިވެހި ފަސްގަނޑުގައި މޭބިސް ކަދުރު މަދުން ހެއްދުނު ކަމުގައި ވީނަމަވެސް ބޭރު ޤައުމުތަކުން އެތެރެ ކުރާ ބޭބިސް ކަދުރުގެ ސަބަބުން މާރުކޭޓުންނާއި ފިހާރަތަކުން މޭބިސް ކަދުރު ފަސޭހައިން ލިބެން ހުރެއެވެ.
އެނގޭހެއްޔެވެ. މޭބިސް ކަދުރަކީ ސިއްޙީ ގޮތުން ވަރަށް ގިނަ ފައިދާތަކެއް އޭގައި އެކުލެވޭ މޭވާގެ ބާވަތެކެވެ. މިގޮތުން މީހާ ވަރުބަލިކޮށްލުމުން ދުރުކޮށްދިނުމުގައި މޭބިސް ކަދުރު ވަރަށް ބޮޑު ދައުރެއް އަދާކުރެއެވެ. ކަސްރަތު ކޮށް ނުވަތަ ޖޮގިންނަށް ގޮސް އައިސް ވެފައިވާ ވަރުބަލި ފިލުވާލަން މޭބިސް ކަދުރަކީ ހަމަ އެއްވަނައެވެ. އެހެން ކަމުން މިފަދަ ކޮންމެ ވަގުތެއްގައިވެސް މޭބިސްކަދުރު ކާން ހަނދާން ބަހައްޓާށެވެ.
މޭބިސްކަދުރަކީ ހަށިގަނޑުގައި ހިމެނޭ ދަގަނޑުގެ މިންވަރު އާކޮށްދީ، ވަރުބަލިކަން ފިލުވައިލާ، އެއްޗެކެވެ. އަދި ކަޅު މޭބިސްކަދުރުން ހަށިގަނޑުގައި ހިމެނޭ ދަގަނޑުގެ މިންވަރު ދަށްކުރުވައެވެ. މޭބިސްކަދުރު ކެޔުމާއި އޭގެ ޖޫސް ބުއިމަކީ ހަށިގަނޑުގައި ވަރުޖެހި، ބާރާއި ހަކަތަ ލިއްބައިދޭ ކަމެކެވެ. މީގެ އިތުރުން މޭބިސްކަދުރުގައި ހިމެނޭ އެންޓި އޮކްސިޑެންޓް ގެ ސަބަބުން ދިފާޢީ ބާރު ވަރުގަދަވާގޮތް ވެއެވެ.
މީގެ އިތުރުންވެސް މޭބިސްކަދުރު ބޭނުން ކުރުމުގެ ސަބަބުން ސިއްޙީ އެތައް ފައިދާތަކެއް ލިބެއެވެ. މީގެ ތެރޭގައި ބޮލު ރިހުން ދުރުކޮށްދިނުން ހިމެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް