ޔޫވީ އަތުން އީގަލްސް އަށް ހަނި މޮޅެއް

މިހާރު ކުރިއަށްދާ ދިވެހި ޕްރެމިއަރ ލީގުގައި ކްލަބް އީގަލްސް އާއި ޔުނައިޓެޑް ވިކްޓްރީ ބައްދަލު ކުރި މެޗުން ހަނި ގޮތަކަށް އީގަލްސް މޮޅުވެއްޖެ އެވެ. މި މެޗު 3 ލަނޑު 2 ލަނޑުން އީގަލްސް ކާމިޔާބު ކުރި އިރު،...

09 Jan 2021 | 19:24

މިހާރު ކުރިއަށްދާ ދިވެހި ޕްރެމިއަރ ލީގުގައި ކްލަބް އީގަލްސް އާއި ޔުނައިޓެޑް ވިކްޓްރީ ބައްދަލު ކުރި މެޗުން ހަނި ގޮތަކަށް އީގަލްސް މޮޅުވެއްޖެ އެވެ.

މި މެޗު 3 ލަނޑު 2 ލަނޑުން އީގަލްސް ކާމިޔާބު ކުރި އިރު، އީގަލްސް އަށް ފުރަތަމަ ލަނޑު ޖަހައިދިނީ 22 ވަނަ މިނެޓުގައި މިސްރު ފޯވަރޑް އޮސާމާ އަމްބަރެވެ. އަދި ދެވަނަ ލަނޑު ޖަހައިދިނީ ހަސަން ރާއިފް އަހުމަދު (ހަންނަ) އެވެ.

އެޓީމުގެ ތިންވަނަ ލަނޑު މެޗުގެ 76 ވަނަ މިނެޓުގައި ޒައިން ޒަފަރު ދިން ބޯޅައަކުން ޖަހައިދިނީ ހަންނަ އެވެ.

އީގަލްސް ގެ ތިންލަނޑަށް ފަހު، ޔޫވީ އިން ކުޅުން ރަނގަޅުކޮށް ވަނީ 2 ލަނޑު ޖަހައިފަ އެވެ.

އެގޮތުން ޔޫވީގެ ފުރަތަމަ ލަނޑު 90 ވަނަ މިނެޓުގައި ބައްސާމް މުހައްމަދު (ބައްކު) ޖެހި އިރު، އިތުރު ވަގުތުގެ ތެރޭގައި އެޓީމުގެ ދެވަނަ ލަނޑު ޖަހައިދިނީ އިސްމާއިލް އީސަ (މެސީ) އެވެ.

މި ނަތީޖާއާ އެކު ފަސް މެޗުން ހަތަރު ޕޮއިންޓް ހޯދައިގެން އީގަލްސް ވަނީ ތާވަލުގެ 6 ވަނައަށް އަރައިފަ އެވެ. ޔޫވީ އޮތީ ދެ ޕޮއިންޓާ އެކު 8 ވަނައިގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް