ހޯނޑެއްދޫ ބަނދަރުގައި އޮތް މަސް ދޯންޏަކަށް ކެރޭނެއް އަރައި ދޯނި އަޑިއަށް

ގދ ހޯނޑެއްދޫ ބަނދަރުގައި އޮތް މަސް ދޯންޏެއްގެ މައްޗަށް ދޯންޏެއް އަރައި ދޯންޏާއި ކެރޭނު އަޑިއަށް ގޮސްފި އެވެ. އަޑިއަށް ގޮސްފައިވަނީ ލ ގަމަށް ނިސްބަތްވާ މިޔަވާލި ނަމަކަށްކިޔާ މަސްދޯންޏެކެވެ. ދުވަހަށް މަ...

10 Jan 2017 | 08:08

ގދ ހޯނޑެއްދޫ ބަނދަރުގައި އޮތް މަސް ދޯންޏެއްގެ މައްޗަށް ދޯންޏެއް އަރައި ދޯންޏާއި ކެރޭނު އަޑިއަށް ގޮސްފި އެވެ.

އަޑިއަށް ގޮސްފައިވަނީ ލ ގަމަށް ނިސްބަތްވާ މިޔަވާލި ނަމަކަށްކިޔާ މަސްދޯންޏެކެވެ. ދުވަހަށް މައުލޫމާތު ދެމުން ގަމުގައި ހުރި އެ ދޯނީގެ ފަޅުވެރިއަކު ބުނީ މި ހާދިސާ ހިނގީ މިއަދު މެންދުރު 12:00 ހާއިރު ކަމަށާއި ކެރޭނު އައި ބާރުމިނުގައި ކޮންޓްރޯލް ނުވެ ދޯންޏަށް އެރީ ކަމަށެވެ.

"އަޅުގަނޑުމެން ހޯނޑެއްދޫ ބަނދަރަށްވަނީ އިންޖީނު މައްސަލައެއް ޖެހިގެން، އިންޖީނު މައްސަލަ ހައްލުކޮށް ފުރަން ތައްޔާރުވެފައި އޮއްބާ މިކަމެއް މި ހިނގީ، އެއްވެސް މީހަކަށް ގެއްލުމެއް ނުވޭ، ކެރޭނެ ދުއްވަން އިން މީހާއަށް ގެއްލުންވިކަން އަދި ކަށަވަރު ނުވޭ" ދޯނިން ވާހަކަދެއްކި މީހާ ބުންޏެވެ.

އޭނާ އިތުރަށް ބުނީ އެ ދޯންޏަކީ އިންސުއަރެންސް ކޮށްފައި އޮތް ދޯންޏެއް ކަމަށާއި މި ހާދިސާ މިހާރު ފުލުހުންނާއި ސިފައިންނަށް ރިޕޯޓް ކޮށްފައިވާކަމުގައިވެސް ދުވަހަށް މައުލޫމާތު ދިން މީހާ ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް