ދަރިން ގޮވައިގެން ސީރިޔާ އަށް ގޮސް އައިއެސް ޖަމާއަތާއި ގުޅެން އުޅޭ ކަމުގެ ތުހުމަތުގައި ސައުދީ އަންހެނަކު ހައްޔަރުކޮށް ޝަރީއަތް ފަށައިފި އެވެ.
އެ މައްސަލައިގެ ޝަރީއަތް އިއްޔެ ފަށާފައިވާއިރު އެ އަންހެންމީހާ އަށް ތުހުމަތު ކުރަނީ 2015 ވަނަ އަހަރު އައި އެސް ޖަމާއަތާއި ގުޅެން ސީރިޔާއަށް ދިއުމަށް އެކަމަށް ހިނގާނެކަމަށް ބެލެވޭ ހަރަދުގެ ގޮތުގައި 33 ހާސް ސައުދީ ރިޔާލް (ގާތްގަނޑަކަށް އަށް ހާސް ޑޮލަރު) ދިން ކަމުގެ ތުހުމަތެވެ.
އުމުރުން 33 އަހަރުގެ މި އަންހެންމީހާގެ މައްޗަށް ކުރާ ދައުވާގެ ތެރޭގައި ޓެރަރިޒަމަށް ފަންޑު ކުރުމުގެ ދައުވާވެސް ހިމެނެ އެވެ.
ސައުދީ ފުލުހުން މި އަންހެންމީހާ ހައްޔަރުކޮށްފައިވަނީ އޭނާގެ އަމަލުތައް ހުރިގޮތުން އެކަން ސައުދީ ފުލުހުންނަށް ރިޕޯޓް ކުރުމުން ސައުދީ ފުލުހުން ހިންގި އޮޕަރޭޝަނެއްގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް