ދުބާއީ އިން މުސްކަޓް އަށް ދަތުރުކުރަން އޮތް ފްލައިޓެއްގެ ކާގޯ ހޯލްޑްގެ ތެރެއިން ހަރުފައެއް ފެނުމުން ދަތުރު ކެންސަލްކޮށް ފްލައިޓް ގްރައުންޑް ކޮށްފި އެވެ.
މިކަން ހާމަކޮށްފައިވަނީ އެމިރޭޓްސް އިން ނެރެފައިވާ ބަޔާނެއްގަ އެވެ.
އެ ބަޔާނުގައި ބުނެފައިވަނީ ދުބާއީ އިން މުސްކަޓަށް ދަތުރުކުރަން އޮތް ފްލައިޓް އީކޭ0863 ފްލައިޓަށް މީހުން އެރުވުމުގެ ކުރިން ކާގޯ ހޯލްޑް ޗެކް ކުރި އިރު ކާގޯ ހޯލްޑްގެ ތެރެއިން ހަރުފައެއް ފެނިފައިވާކަމަށެވެ. އަދި އިތުރަށް ފްލައިޓް ބަލައި ފާސްކުރަން ޖެހޭތީ އެ ދަތުރު ކެންސަލް ކުރަން ޖެހޭ ކަމަށެވެ. އަދި ދަތުރުވެރިންގެ ކިބައިން ނިހާޔަތަށް މައާފަށް އެދޭ ކަމަށެވެ.
ހަރުފައެއް ފެނުމުން އެމިރޭޓްސްގެ ފްލައިޓެއް ގްރައުންޑް ކޮށްފައިވާއިރު މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އެރޯމެކްސިކޯ ފްލައިޓެއްގެ ފަސްޓްކްލާސް ޕަސިންޖަރެއްގެ ބޮލަށް ހަރުފައެއް ވެއްޓުމުން އެ ފްލައިޓް ވަނީ އަނބުރާ ޖައްސާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް