އިއްޔެގެ ވަގުތެއްގައި މިސްރުގެ ޗެކްޕޮއިންޓެއްގެ ކައިރީގައި ޓްރަކް ބޮމެއް ގޮއްވާލައި އެގައުމުގެ ނުވަ ފުލުހަކު މަރާލައިފި އެވެ.
މި ހާދިސާ އެގައުމުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓްކޮށްފައިވާއިރު ބުނެފައިވަނީ އެ ހަމަލާ ދީފައިވަނީ ސިނާއީގެ އުތުރުގެ ސިޓީއެއް ކަމުގައިވާ އަލް އާރިސް ގައި ކަމަށާއި މި ހާދިސާގައި އިތުރު އަށް ފުލުހަކު ޒަހަމްވެފައިވާކަމަށެވެ.
މި ހަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން އުފުލާފައި ނުވިނަމަވެސް މިސްރުގައި ފާއިތުވި ދެ އަހަރެއްހާ ދުވަސްތެރޭގައި ދީފައިވާ މިފަދަ އެތައް ހަމަލާއެއްގެ ޒިންމާ އުފުލާފައިވަނީ އައިއެސް ޖަމާއަތުގެ މިސްރު ބްރާންޗުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް