އެސްއެމްއީތަކަށް ދޭ ކޯވިޑް ރިލީފް ލޯނަށް ކުރިމަތިލާން ބީއެމްއެލް އިން ހުޅުވާލައިިފި

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށްގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކުރާ "އީއައިބީ ރިލީފް ފަންޑް" އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. މި ލޯނަކީ ޔޫރަޕިއަން އިންވ...

09 Dec 2020 | 15:39

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށްގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކުރާ "އީއައިބީ ރިލީފް ފަންޑް" އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މި ލޯނަކީ ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކް (އީއައިބީ)ގެ ފަންޑުން ސަރުކާރުގެ އެހީތެރިކަމާއެކު ދޫކުރާ ލޯނެކެވެ.

ކޯވިޑް ރިލީފް ފަންޑު 15.42 މިލިއަން ރުފިޔާ އާ ހަމަޔަށް ލޯނަށް އެދެވޭނެ ކަމަށް ބީއެމްއެލްއިން ބުނެ އެވެ. މި ލޯނު ދޫކުރަނީ ހަ ޕަސެންޓުގެ އިންޓަރެސްޓް ރޭޓުގައި އެވެ.

ލޯނު އަނބުރާދެއްކުމަށް ހަތަރު އަހަރާއި ހަތް އަހަރާ ދެމެދުގެ މުއްދަތެއް ލިބޭނެ ކަމަށް ބީއެމްއެލްއިން ބުނެ އެވެ.

ލޯނަށް އެދި ހުށަހަޅަން ޖެހެނީ އީމެއިލް މެދުވެރިކޮށެވެ. ލޯނަށް އެދި ހުށަހަޅާ ފޯމާއި އިތުރު ލިޔުންތައް ފޮނުވާނީ  [email protected]އަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް