ހިޔާ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ 2500 ޔުނިޓަކީ މި ސަރުކާރުގެ މަޝްރޫޢެއް: ފްލެޓް ކޮމެޓީ

ހިޔާ މަޝްރޫއުގެ ދަށުން ދެވަނަ ފިޔަވަހީގެ 2500 ޔުނިޓަކީ މި ސަރުކާރުގެ މަޝްރޫޢެއް ކަމަށް ފްލެޓްތަކުގެ މައްސަލަ ބެލުމަށް ސަރުކާރުން އުފައްދާފައިވާ ކޮމިޓީން ބުނެފި އެވެ. އެ ކޮމެޓީން މިއަދު ބޭއްވި ނޫސްވެރި...

09 Dec 2020 | 14:59

ހިޔާ މަޝްރޫއުގެ ދަށުން ދެވަނަ ފިޔަވަހީގެ 2500 ޔުނިޓަކީ މި ސަރުކާރުގެ މަޝްރޫޢެއް ކަމަށް ފްލެޓްތަކުގެ މައްސަލަ ބެލުމަށް ސަރުކާރުން އުފައްދާފައިވާ ކޮމިޓީން ބުނެފި އެވެ.

އެ ކޮމެޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކޮމިޓީގެ މެންބަރު ޠާހާ މުޙައްމަދު ވިދާޅުވީ ހިޔާ މަޝްރޫއުގެ ދަށުން ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ 2500 ޔުނިޓަކީ ކުރީ ސަރުކާރުގެ މަޝްރޫޢުއެއް ނޫން ކަމަށެވެ.

އޭނާ ވިދާޅުވީ އެމަޝްރޫޢު އުފަންވެފައިވަނީ 2018 ވަނަ އަހަރުގެ ނޮވެމްބަރު 4 ގައި ކަމަށާއި އެ މަޝްރޫޢުގެ ފްލެޓް ދޫކުރުމަށް ކުރީ ސަރުކާރުން އިޢުލާނުވެސް ނުކުރާ ކަމަށެވެ.

"އެމަޝްރޫޢުއަށް ހުޅުވާލިނަމަ ފްލެޓް ލިބޭ ވަގުތީ ލިސްޓެއްވެސް އޮންނާނެ. ނަމަވެސް އެފަދަ ލިސްޓެއްވެސް ނެތް." ޠާހާ ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް