އޮކްސްފޯޑް ވެކްސިންގެ 90 އިންސައްތަ ކާމިޔާބުކަމަށް ބުނެފި

އޮކްސްފޯޑް ޔުނިވަރސިޓީއާއި އެސްޓްރަޒެނިކާ ގުޅިގެން އުފައްދާ ވެކްސިންގެ 90 އިންސައްތަ ކާމިޔާބުކަމަށް އެ ކުންފުނިން ހާމަކޮށްފި އެވެ. އިނގިރޭސިވިލާތުގެ ސަރުކާރުގެ ޗީފް ސައިންޓިފިކް އެޑްވައިސަރ ޕެޓްރިކް ވ...

09 Dec 2020 | 11:37

އޮކްސްފޯޑް ޔުނިވަރސިޓީއާއި އެސްޓްރަޒެނިކާ ގުޅިގެން އުފައްދާ ވެކްސިންގެ 90 އިންސައްތަ ކާމިޔާބުކަމަށް އެ ކުންފުނިން ހާމަކޮށްފި އެވެ.

އިނގިރޭސިވިލާތުގެ ސަރުކާރުގެ ޗީފް ސައިންޓިފިކް އެޑްވައިސަރ ޕެޓްރިކް ވެލެންސްއާ ޙަވާލާދީ ރޮއިޓަރސްގައި މީގެ ކުރިން ރިޕޯޓް ކޮށްފައިވާ ގޮތުން ކޮވިޑުގެ ފަރުވާއަކަށް އެސްޓްރަޒެނިކާގެ ވެކްސިން އެކަށީގެންވާ ކަމަށެވެ.

ވެލެންސް އެހެން ވިދާޅުވީ އެ ޤައުމުގެ ބޮޑު ވަޒީރު ބޮރިސް ޖޯންސަނާއެކު ބައިވެރިވެވަޑައިގަތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވެކްސިންގެ ރައްކާތެރިކަމާ ގުޅޭގޮތުން ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ނެވެ.

ވެލެންސްގެ އިތުރުން މި ވެކްސިން ރައްކާތެރިކަމަށް އޮކްސްފޯރޑް ޔުނިވަރސިޓީގެ އެހެން ސައިންސްވެރިންވެސް ބުނެ އެވެ.

އެގޮތުން މި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް މެޑިކަލް އެޑްވައިސަރ ކްރިސް ވިޓީ ވިދާޅުވީ، ސައިންސްގެ އަލީގައި ކޮންމެ ކަމަކަށްވެސް ބަހުސް ކުރެވިދާނެ ކަމަށާއި، އެހެން ނަމަވެސް މިހާތަނަށް ބެލި ބެލުމުން ވެކްސިންގެ އެދެވޭ ނަތީޖާ ފެންނަކަން ފާހަގަވެފައިވާ ކަމަށެވެ. އަދި ވެކްސިނެއް ބޭނުން ކުރުމުގެ ހުއްދަ ދޭނީ އާންމުންނަށް ރައްކާތެރި މިންވަރު އެންމެ ބޮޑަށް ބެލުމަށް ފަހު ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް