އާންމުންގެ އިތުބާރު ގެއްލުވާލާ ބޭވަފާތެރިއަކީ ކޮރަޕްޝަން: ގުޓެރޭޒް

އާންމު އިތުބާރު ގެއްލުވާލާ ހަގީގީ ބޭވަފާތެރި އަކީ، ކޮރަޕްޝަންގެ ނުބައިވެގެންވާ ޖިނާއީ ޖަރީމާ ކަމަށް އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް ވިދާޅުވެއްޖެ އެވެ. ބައިނަލްއަގުވާމީ ފެންވަރުގައި މިއަދު...

09 Dec 2020 | 11:24

އާންމު އިތުބާރު ގެއްލުވާލާ ހަގީގީ ބޭވަފާތެރި އަކީ، ކޮރަޕްޝަންގެ ނުބައިވެގެންވާ ޖިނާއީ ޖަރީމާ ކަމަށް އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް ވިދާޅުވެއްޖެ އެވެ.

ބައިނަލްއަގުވާމީ ފެންވަރުގައި މިއަދު ފާހަގަ ކުރަމުން އަންނަ ދުނިޔޭގެ އެންޓި-ކޮރަޕްޝަން ދުވަހުގެ މުނާސަބާގައި ދެއްވި ޚާއްސަ ބަޔާނުގައި އޭނާ ވިދާޅުވީ ކޮވިޑް-19ގެ ބަލިމަޑުކަމާ ދެކޮޅަށް މުޅި ދުނިޔެ ހަނގުރާމަ ކުރަމުންދާ މިފަދަ ދަނޑިވަޅެއްގައި، ކޮރަޕްޝަންގެ ނުބައި ކަން ވަކިން ބޮޑު ކަމަށެވެ.

ކޮވިޑް-19އަށް ދިން އިޖާބަ ވެގެން ދިޔައީ ނާޖާއިޒު ފައިދާތަކެއް ނެގުމަށް މަގުފަހި ކުރުވި ކަމަކަށް ކަމަށާއި އެގޮތުން ހާމަކަން ބޮޑު ދެފުށް ފެންނަ އުސޫލުތައް ނެތުމާއި، ރައްޔިތުންނަށް މާލީ އެހީ އެންމެ ބޭނުންވި ވަގުތު، އެ ރައްޔިތުންނާ ދުރަށް ފައިސާ "ފޮނުވާލުމަށް" ފުރުސަތު ފަހިކޮށްދިން ކަމަށް ވެސް ގުޓެރޭޒް ވިދާޅުވި އެވެ.

ޖެހިފައިވާ ބޭނުންތައް ފުއްދުމުގެ ނަމުގައި، ސަޕްލަޔަރުންނާ މެދު ފާރަވެރިވާން ޖެހޭ މިންވަރަށް ފާރަވެރި ނުވެ، އަވަސް ނިންމުންތައް ނިންމާ، އިންސާފުވެރި އަގުތަކެއްގައި ވިޔަފާރި ކުރުމުގެ އުސޫލުތަކުން ސަރުކާރުތައްވެސް އެއްކިބާވިކަން އދގެ ސެކްރެޓަރީ ޖެނެރަލް ވަނީ ފާހަގަ ކުރައްވާފަ އެވެ.

މިކަމުގެ ނާޖާއިޒު ފައިދާ ނަގައިގެން ހަލާކުވެފައިވާ ސަމާނު ފޯރުކޮށްދިނުމުގައި ސަޕްލަޔަރުންތަކެއް އުޅުނު ކަން ގުޓެރޭޒް ފާހަގަ ކުރެއްވި އެވެ.

އެގޮތުން ހަލާކުވެފައިވާ ވެންޓިލޭޓަރުތަކާއި، ދަށް ކޮލިޓީގެ ޓެސްޓު ކިޓާއި، "ފޭކު" ބޭސް ފޯރުކޮށްދިނުމުގެ ޖަރީމާވެސް ހިންގާފައި ވާ ކަން އދގެ ސެކްރެޓަރީ ޖެނެރަލްގެ ބަޔާނުގައި ވަނީ ފާހަގަ ކުރައްވާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް