ޔޫކޭ ގައި ކޮވިޑް ވެކްސިން ދޭން ފަށައިފި

އިނގިރޭސިވިލާތުގައި އެގައުމުގެ ރައްޔިތުންނަށް ކޮވިޑް-19 ވެކްސިން ދޭން ފަށައިފި އެވެ. ކޮވިޑް-19 އަށް ފައިޒަރ ކުންފުނިން ތައްޔާރުކޮށްފައިވާ ވެކްސިން އިނގިރޭސިވިލާތުގައި ދޭން ފަށާފައި ވަނީ އަންގާރަ ދުވަހ...

09 Dec 2020 | 10:27

އިނގިރޭސިވިލާތުގައި އެގައުމުގެ ރައްޔިތުންނަށް ކޮވިޑް-19 ވެކްސިން ދޭން ފަށައިފި އެވެ.

ކޮވިޑް-19 އަށް ފައިޒަރ ކުންފުނިން ތައްޔާރުކޮށްފައިވާ ވެކްސިން އިނގިރޭސިވިލާތުގައި ދޭން ފަށާފައި ވަނީ އަންގާރަ ދުވަހު އެވެ.

އެގޮތުން ވެކްސިންގެ އެންމެ ފުރަތަމަ ޑޯޒް އެގައުމުގެ އުމުރުން 90 އަހަރުގެ މާގަރެޓް ކީނާން އަށް ދީފައިވާއިރުގައި އިނގިރޭސިވިލާތަކީ އެމެރިކާގެ ފައިޒަރ ކުންފުނި އަދި ޖަރުމަނުގެ ބައޯއެންޓެކް ގުޅިގެން ތައްޔާރުކުރި ވެކްސިނަށް ހުއްދަދިން ފުރަތަމަ ގައުމެވެ.

އިނގިރޭސިވިލާތުގައި ދޭ އެންމެ ފުރަތަމަ އަށް ލައްކަ ވެކްސިން ޑޯޒް ދިނުމަށް ނިންމާފައި ވަނީ އުމުރުން 80 އަހަރުން މަތީގެ މީހުންނަށެވެ.

އެގޮތުން މިހާރު ހޮސްޕިޓަލްގައި ފަރުވާހޯދަމުންދާ ފަރާތްތަކާއި ނަރސިން ހޯމްތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް އިސްކަންދެވޭނެ ކަމަށް އެގައުމުން ފާހަގަކުރެ އެވެ.

އިނގިރޭސިވިލާތުގައި ކޮވިޑް-19 ވެކްސިން ދޭން ފަށާފައިވާއިރު، ބަކިންހަމް ޕެލެސް އިން ވަނީ އުމުރުން 94 އަހަރުގެ ކުއީން އެލިޒަބެތް 2 އާއި އެކަމަނާގެ ފިރިކަލުން އުމުރުން 99 އަހަރުގެ ޕްރިންސް ފިލިޕްއަށް ވެކްސިން ދިނުމާގުޅޭ ގޮތުން އަދި ޝާހީ ޢާއިލާގެވެސް އަދި އިނގިރޭސި ސަރުކާރުގެވެސް ބަހެއް ނުލިބެ އެވެ.

ފައިޒަރގެ ވެކްސިން އިނގިރޭސިވިލާތުގައި ދޭން ފަށާފައިވާއިރު، ބަހްރައިނުން ވެސް ވަނީ އެކުންފުނީގެ ވެކްސިން އެގައުމުގައި ދިނުމަށް ހުއްދަ ދީފަ އެވެ.

ފައިޒަރގެ ވެކްސިނަކީ ކޮވިޑް-19 އަށް 95 އިންސައްތަ ރައްކާތެރިކަން ކަށަވަރުކޮށްދޭ ވެކްސިނެއް ކަމަށް ޓެސްޓުތަކުން ދައްކަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް