"ރޭސް 3" އަދި "ޖެއި ހޯ" ގެ ބަތަލާ ޑެއިސީ ޝާހް ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަމުން އެބަދެ އެވެ.
އޭނާ ޗުއްޓީ ހޭދަ ކުރަމުން ދަނީ ގްރޭޑް ޕާކް ކޮއްދިއްޕަރު ރިސޯޓުގައި އެވެ. ޑެއިސީ ރާއްޖެ އައިސްފައިވަނީ މިދިޔަ ހޯމަ ދުވަހު އެވެ.
ޑެއިސީ ރާއްޖޭގައި ޗުއްޓި ހޭދަ ކުރަމުންދާ ތަފާތު ފޮޓޯތައް އޭނާ ދަނީ ރަސްމީ އިންސްޓްގަރާމް ޕޭޖުގައި ހިއްސާ ކުރަމުންނެވެ. މި ފޮޓޯތައް އިންޑިއާ މީޑިއާގެ ސަމާލުކަމަށް ވަނީ އައިސްފައެވެ.
ދަތުރަށް ފުރުމުގެ ކުރިން ޑެއިސީ ބުނީ އަބަދުވެސް ޗުއްޓީއަކަށް ދާން ބޭނުންވެފައި ހުންނަ ކަމަށެވެ.
https://www.instagram.com/p/CIhkSkLjytH/
https://www.instagram.com/p/CIh_GYZj1tN/
ޑެއިސީ ފުރަތަމަ ބޮލީވުޑްގައި ކުޅުނު ފިލްމަކީ "ޖެއި ހޯ" އެވެ. އޭގެ ފަހުން ކުޅެފައިވާ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި 'ރޭސް 3" އިތުރުން "ހޭޓް ސްޓޯރީ 3" ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް