ނޫސްވެރިކަމުގެ އިނާމު 10 ފަރާތަކަށް ދީފި

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ދޭ ނޫސްވެރިކަމުގެ އެ ވޯޑު10 ފަރާތަކަށް ދީފި އެވެ. ރޭ ބޭއްވި ހަފްލާގައި11 ދާއިރާއަކުން ނޫސްވެރިކަމުގެ އެވޯޑު ދީފައިވެ އެވެ އޭގެ ތެރޭގައި ހިމެނެނީ، އިޖްތިމ...

09 Dec 2020 | 04:45

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ދޭ ނޫސްވެރިކަމުގެ އެ ވޯޑު10 ފަރާތަކަށް ދީފި އެވެ.

ރޭ ބޭއްވި ހަފްލާގައި11 ދާއިރާއަކުން ނޫސްވެރިކަމުގެ އެވޯޑު ދީފައިވެ އެވެ އޭގެ ތެރޭގައި ހިމެނެނީ، އިޖްތިމާއީ ދާއިރާ، އެންމެ އުންމީދީ ނޫސްވެރިޔާ، ޝަރުއީ ދާއިރާ، ތިމާވެށީގެ ދާއިރާ، ސިޔާސީ ދާއިރާ، ވިޔަފާރީގެ ދާއިރާ، ތަހުގީގީ ދާއިރާ، ކުޅިވަރުގެ ދާއިރާ، ފޮޓޯ ޖާނަލިޒަމް، ވީޑިއޯ ޖާނަލިޒަމް އަދި ފީޗާ އާޓިކަލް އެވެ.

ރޭ އިނާމު ލިބުނު ނޫސްވެރިންނަކީ

  1. ވީޑިއޯ ޖާނަލިޒަމް - ޝުރުފާ މުހައްމަދު / ވީޓީވީ
  2. ފޮޓޯ ޖާނަލިޒަމް - ނިޝާން ޢަލީ / މިހާރު ނޫސް
  3. ފީޗާ އާޓިކަލް/(ބްރޮޑް ކާސްޓިން)- ޝުރުފާ މުހައްމަދު / ވީޓީވީ
  4. ފީޗާ އާޓިކަލް (ޕްރިންޓް/އޮންލައިން) - މުހައްމަދު ހަމްދޫން / މިހާރު ނޫސް
  5. ވިޔަފާރިއާއި އިގްތިސާދުގެ ދާއިރާ (ބްރޯޑްކާސްޓިން މީޑިއާ) - ސިމާހާ ނަސީމް / ރާއްޖެ ޓީވީ
  6. ކުޅިވަރުގެ ދާއިރާ (ޕްރިންޓް/އޮންލައިން) - މުހައްމަދު ހަމްދޫން / މިހާރު ނޫސް
  7. ތިމާވެއްޓާއި ދެމެހެއްޓެނިވި ތަރައްގީ (ޕްރިންޓް/އޮންލައިން) - އީމާން އަންވަރު / އަވަސް އޮންލައިން
  8. ޝަރުއީ އަދި ގާނޫނީ ދާއިރާ (ޕްރިންޓް/އޮންލައިން) - މުއިއްޒު އިބްރާހީމް / މިހާރު ނޫސް
  9. ސިޔާސީ ދާއިރާ (ޕްރިންޓް/އޮންލައިން) - މުހައްމަދު ވިޝާމް / އަވަސް އޮންލައިން
  10.  އިޖުތިމާއީ، ތާރީހާއި ސަގާފަތް، ފަންނުވެރިކަން (ޕްރިންޓް/އޮންލައިން) - ޝަފްނާ ހުސެއިން / ސަން އޮންލައިން
  11. ތަހުގީގީ ނޫސްވެރިކަން (ޕްރިންޓް/އޮންލައިން) - މުހައްމަދު މުޒައްޔިނު ނާޒިމް / ސަން އޮންލައިން

މީގެ އިތުރުން ރޭ ވަނީ ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހްމަދު ރިލްވާންގެ ހަނދާނުގައި ހާއްސަ ފިލައެއް ވެސް އާއިލާއަށް އަރުވާފައެވެ. އެ ފިލާ، ރިލްވާންގެ ދައްތަ ފާތުމަތު ޝެހެނާޒާ ހަވާލުކޮށްދެއްވީ އެމްއެމްސީގެ ރައީސް ރަައީސް ހިދާޔަތުﷲއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް