ވިލާ ކޮލެޖު ގަން ކެމްޕަހުން ދޭ ސްކޮލާޝިޕް އެއްބަސްވުމުގައި ސޮއިކޮށްފި

ވިލާ ކޮލެޖު ލ. ގަން ކެމްޕަހުން ދޫކުރާ ސްކޮލާޝިޕް އެއްބަސްވުމުގައި އެ ކޮލެޖާއި ކައުންސިލާއި ދެމެދު ސޮއި ކޮށްފި އެވެ. މި ސްކޮލާޝިޕް އެ ކޮލެޖުން ދޫކުރަނީ "ކޮމިއުނިޓީ އެންގޭޖްމެންޓް ސްކޮލާޝިޕް" ގެ ނަމުގައ...

09 Dec 2020 | 03:37

ވިލާ ކޮލެޖު ލ. ގަން ކެމްޕަހުން ދޫކުރާ ސްކޮލާޝިޕް އެއްބަސްވުމުގައި އެ ކޮލެޖާއި ކައުންސިލާއި ދެމެދު ސޮއި ކޮށްފި އެވެ.

މި ސްކޮލާޝިޕް އެ ކޮލެޖުން ދޫކުރަނީ "ކޮމިއުނިޓީ އެންގޭޖްމެންޓް ސްކޮލާޝިޕް" ގެ ނަމުގައި އެވެ. ގަމުގައި ވިލާ ކޮލެޖުގެ ކެމްޕަސް ހިންގަނީ ގަމު ކައުންސިލް އާއި ގުޅިގެންނެވެ.

މި އެއްބަސްވުމުގައޮ ވިލާ ކޮލެޖުގެ ފަރާތުން ސޮއި ކުރެއްވީ ގަން ކެމްޕަސް މެނޭޖަރު ޠާހާ އަބޫބަކުރެވެ. އަދި ގަމު ކައުންސިލް ގެ ފަރާތުން ސޮއި ކުރެއްވީ، ކައުންސިލް ގެ ރައީސް މުހަންމަދު ޝިޔާމެވެ.

މި އެއްބަސްވުމުގެ ދަށުން ދެ ދަރިވަރަކަށް އެ ކެމްޕަހުގައި ހިލޭ ކިޔެވުމުގެ ފުރުސަތު ލިބޭނެ އެވެ. މި ފުރުސަތު ދަށުން އެ ދެ ދަރިވަރުންނަށް ކިޔެވޭނީ އަންނަ އަހަރުގެ ޖެނުއަރީ ސެމިސްޓާގައި އެވެ.

ވިލާ ކޮލެޖް ކޮމިއުނިޓީ އެންގޭޖްމަންޓް ސްކޮލާޝިޕް އަކީ، އެ ކޮލެޖުގެ އަތޮޅުތެރޭ ކެމްޕަސްތަކުގައި ކިޔަވާ ދަރިވަރުންގެ އަދަދަށް ނިސްބަތްކޮށް، އެސަރަހައްދެއްގެ ދަރިވަރުންނަށް ހިލޭ ކިޔެވުމަށް ދެވޭ ފުރުސަތެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް