ރާއްޖެއިން ކޯވިޑަށް ފަރުވާ ދެމުން ދިޔަ އިތުރު މީހަކު މަރުވެއްޖެ އެވެ.
އެޗްޕީއޭއިން ބުނީ މަރުވީ އުމުރުން84 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެމީހާ މަރުވީ މިއަދު ހެނދުނު11:55 ގައި އެވެ.
މަރުވި އިރު ފަރުވާ ދެމުން ދިޔައީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގަ އެވެ.
މިއީ ރާއްޖެއިން ކޯވިޑްގައި މަރުވި246 ވަނަ މީހާ އެވެ.
އަދި މި ހަފްތާގެ ތެރޭގައި މި ބަލީގައި މަރުވި ދެ ވަނަ މީހާ އެވެ. މިދިޔަ ހުކުރު ދުވަހު ކޯވިޑްގައި މަރުވެފައިވަނި އައްޑޫ ކޯވިޑް މެނޭޖްމެންޓު ފެސިލިޓީގައި ފަރުވާދެމުން ދިޔަ މީހެކެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް