އައިޖީއެމްއެޗް ލެބުން މާދަމާއިން ފެށިގެން ޓެސްޓު ހެދޭނެ

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ލެބޯރެޓަރީން މާދަމާއިން ފެށިގެން ޓެސްޓު ހެދޭނެ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ. އެ ހޮސްޕިޓަލުން ބުނީ ލެބަށް ދިމާވި ބައެއް މައްސަލަތައް މިހާރުހަ...

09 Nov 2021 | 16:54

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ލެބޯރެޓަރީން މާދަމާއިން ފެށިގެން ޓެސްޓު ހެދޭނެ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

އެ ހޮސްޕިޓަލުން ބުނީ ލެބަށް ދިމާވި ބައެއް މައްސަލަތައް މިހާރުހައްލުކޮށްފައިވާ ކަމށެވެ.

އެހެންނަމަވެސް ލެބުގެ މެޝިންތަކަށް ދިމާވި މައްސަލަތައް މުޅިން ހައްލުނުވާ ކަމަށާއި އެހެންވެ، އައުޓް ޕޭޝަންޓް ލޭގެ ޓެސްޓުތައް ހެދުމަށް ދޫކުރާނީ300 ނަމްބަރު ކަމަށް ވެސް އައިޖީއެމްއެޗުން ބުންޏެވެ.

" ލެބަށް ދިމާވެފައިވާ މައްސަލަތައް އެއްކޮށް ހައްލުވުމުން، ކުރިއެކޭ އެއްގޮތަށް އައުޓް ޕޭޝަންޓް ލޭގެ ޓެސްޓުތައް ހެދުމަށް ނަމްބަރު ނަގާ ހުރިހާ އެންމެނަށް ޚިދުމަތް ދޭން ފަށާނަން." އެ ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.

އިއްޔެގެ ވަގުތެއްގައި އެ ހޮސްޕިޓަލުގެ ލެބުގެ މެޝިންތަކަށް މައްސަލައެއް ދިމާވެ، ޓެސްޓުތައް ހެދުން މެދުކަނޑާލާފައިވާ އިރު، މައްސަލަ ހައްލުކުރެވެގެންދެން އެ ހޮސްޕިޓަލުން ހަދަމުން ގެންދިޔަ އައުޓްޕޭޝަންޓް ލޭގެ ޓެސްޓުވެސް ބުނެފައި ވެއެވެ.

އައިޖީއެމްއެޗުން ބުނީ ހަދަން ބޭނުންވާ ޓެސްޓުތައް, ވިނަވި ޚިދުމަތް ފޯރުކޮށްދޭ އެހެން ކޮންމެ ލެބޯޓަރީއަކުން ހެދޭނެ ކަމަށާއި ލެބަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމަށް އެ ހޮސްޕިޓަލުގެ ޓެކްނީޝަނުން މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުންދާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް